ކުއްލި ޚަބަރު

ވާނުވާ ބަންދުގައި އަހަރު ދުވަސްވީ މައްސަލަތައް މާޗް މަހަށް ނިންމަނީ

ކުރިން ދޫކޮށްފައިވާ ގޯތިތަކަށް ދައްކަންޖެހޭ ފައިސާގެ ބައެއް އުނިކުރާނަން: ރައީސް

ހުޅުމާލެ ފޭސް ތިނަކާއި ފަރުކޮޅުފުށި ގުޅުވާލައިފި

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ފާސްކޮށްފި

majilis

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަކީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓު ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން ބަޖެޓަށް ގެނައި ބަދަލުތަކާއެކުއެވެ. ބަޖެޓުގެ ޖުމްލަ އަދަދަށް ބަދަލު ނާންނަ ގޮތަށް ބައެއް ދާއިރާތަކަށް ފައިސާ އިތުރުކޮށް 3.5 މިލިއަން ރުފިޔާ މަޖިލީހުގެ ބަޖެޓަށް އިތުރުކޮށްފައިވެއެވެ.

ބަޖެޓުގައި ލަފާކޮށްފައިވާ ގޮތުން އަންނަ އަހަރު އާމްދަނީގެ ގޮތުގައި ލިބޭނީ 40.2 މިލިއަން ރުފިޔާއެވެ. ޓެކުހުގެ ގޮތުގައި 31.3 ބިލިަން ރުފިޔާ އަދި ޓެކުސް ނޫން ގޮތްގޮތުން 8.7 މިލިއަން ރުފިޔާ ލިބޭނެ ކަމުގައި ލަފާކޮށްފައިވާއިރު ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 373.4 މިލިއަން ރުފިޔާއެވެ.

އަންނަ އަހަރު ހަރަދުތަކަށް ހޭދަވާނެ ކަމުގައި ބެލެވެނީ 49.2 ބިލިއަން ރުފިޔާއެވެ. އަދި ރިކަރަންޓު ހަރަދުގެ ގޮތުގައި 39.9 ބިލިއަން ރުފިޔާ ހަރަދުވާނެއެވެ. އެއާއެކު ގާތްގަނޑަކަށް ނުވަ ބިލިއަން ރުފިޔާ ދަރަނި އަދާކުރުމަށް އަންނަ އަހަރު ހަރަދުވާނެ ކަމުގައި ލަފާކޮށްފައިވެއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ދަރަނި އަދާކުރުމަށް ހިމެނޭ ފައިސާ އުނިކުރުމުން އަންނަ އަހަރުގެ ބަޖެޓަކީ މި އަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓަކަށްވާނެއެވެ.

ބަޖެޓު ބެހިފައިވާ ގޮތަށް ބަލާއިރު 25.3 އިންސައްތަ ހަރަދުކުރާނީ ރައްޔިތުންނަށް ދެވޭ އާއްމު ހިދުމަތްތަކަށެވެ. ތައުލީމަށް 11.5 އިންސައްތަ ހަރަދުކުރާއިރު އެންމެ ބޮޑު ހަރަދެއް އަންނަ އަހަރު ކުރުމަށް ހަމަޖެހިފައިވަނީ ސިއްހީ ދާއިރާއަށެވެ. އެ ދާއިރާއަށް ބަޖެޓުގެ 17.9 އިންސައްތަ ހަރަދުކުރާނެއެވެ.

ޕީއެސްއައިޕީ ބަޖެޓުގެ ގޮތުގައި 8.3 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އަންނަ އަހަރު އެންމެ ބޮޑު ހަރަދެއް ހިނގާނީ ވައިގެ ބަނދަރުތައް ތަރައްގީކުރުމަށާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށެވެ. އެގޮތުން ޕީއެސްއައިޕީ ބަޖެޓުގެ 19.1 އިންސައްތަ ވައިގެ ބަނދަރުތައް ތަރައްގީކުރުމަށް ހޭދަކުރާއިރު ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް 14.6 އިންސައްތަ ހަރަދުވާނެއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ފާސްކޮށްފަައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 74 މެންބަރުންގެ ވޯޓާއެކުއެވެ. ބަޖެޓު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 12 މެންބަރުން އެކަންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބޮޑެތި ބަލިތަކަށް ބޭސްކުރާ މީހުންނަށް ޕެންޝަން ފައިސާ ނެގޭ ގޮތް ހަދަނީ

majilis

ޖުވާ ޖިނާއީ ކުށަކަށް ހަދަން ބިލެއް މަޖިލީހަށް ހުށަހަޅައިފި

majilis

ލޭބާ ސެންޓަރުގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް

Raees Muiz

ޖަނަވާރުތަކަށް އިޙުމާލުވާނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރާ ބިލު ތަސްދީގުކުރައްވައިފި

TTH_advertisement