ކުއްލި ޚަބަރު

ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

ގެއްލުނު އިމްތިޔާޒު ފުލުހުންގެ އިދާރާއަށް ހާޒިރުވެއްޖެ، ހާލު ރަނގަޅު

ސައުދީ ރަސްގެފާނުގެ އެހީގައި ރާއްޖޭގައި ކޮންމެ ދުވަހަކު 150 މީހުންނަށް ރޯދަވީއްލުމެއް ދެނީ

ފޭދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

Mal

އައްޑޫ ސިޓީ ފޭދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ފޭދޫގައި އިމާރާތްކުރާ 500 މީހުންގެ ޖާގައިގެ އެ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި މިސްކިތުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި އަރިހުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ނަޖާހު އާއި އައްޑޫ ސިޓީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރާއި ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ބައިވެރިވެވަޑައިގެންނެވި އެވެ.

ރާއްޖޭގައި އިތުރު މިސްކިތްތައް ބޭނުންވެފައިވާ ރަށްތަކުގައި މިސްކިތްތައް އިމާރާތް ކުރުމަށް ވަޒީރު ޝަހީމް އިސްވެ އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މި އަހަރުގެ ތެރޭގައި ވަނީ އެފަދަ ބައެއް މަސައްކަތްތައް ކޮންޓެކްޓަރުންނާ ހަވާލުކޮށްފަ އެވެ.

 

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ui

އައްޑޫ ފޭދޫގައި މަސައްކަތްކުރާ ބިދޭސީއަކު އިސްލާމްވެއްޖެ

ގެއްލުނު ރާއިދާ ފެނިއްޖެ، ހާލު ރަނގަޅު

Izaam

ފޭދޫން ގެއްލުނު ކުއްޖާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެ

ފޭދޫގައި ‘އިސްރަށްވެހިންގެ ހިޔާވަހި’ ތަރައްޤީކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

TTH_advertisement