ކުއްލި ޚަބަރު

އެމްއެފްޑީއޭ އިން ހުއްދަ ނުދެނީސް ހުއްދަ ދިން ކަމުގެ ލޭބަލް ޖެހި މައްސަލައެއް

ދެ ރަށެއްގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ސްޓެލްކޯއިން 1000 ކިލޯވޮޓްގެ ޖަނެރޭޓަރު ފޮނުވައިފި

މާލޭގެ އަށް ކެފޭއަކުން ގަވާއިދާ ޚިލާފަށް އުޅުނު ފަސް ބިދޭސީއަކު ހައްޔަރުކޮށްފި

ނޮވެމްބަރުގައި ބާއްވާ ނެޓްބޯޅަ ކޯޗިން ކޯހުގައި ބައިވެރިވުމަށް ހުޅުވާލައިފި

netball

ނޮވެމްބަރު މަހުގެ 12އިން 17އަށް ބާއްވާ، ލެވެލް 1ގެ ނެޓްބޯޅަ ކޯޗިން ކޯހުގައި ބައިވެރިވުމަށް، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

މާލޭ ސިޓީގައި ބާއްވާ މި ކޯހުގައި ބައިވެރިވުމަށް ހުޅުވާލާފައި ވަނީ 5 ނޮވެމްބަރު 2025ގެ ނިޔަލަށެވެ.

މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި ނެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި ކުޅިވަރާ ބެހޭ ވުޒާރާއިން ގުޅިގެން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ މި ކޯހުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރުން މަތީގެ ބޭފުޅުންނަށެވެ. އަދި ފާއިތުވި ދެ އަހަރުގެ ތެރޭގައި ނެޓްބޯޅައާ ގުޅުންހުރި ދާއިރާތަކުގައި ހަރަކާތްތެރިވެ އުޅެފައިވާ ފަރާތަކަށްވުމަކީ ވެސް މި ކޯހުގެ ޝަރުތެކެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން “މުޅިރާއްޖެ” އަށް ހާމަކޮށްފައިވާ ގޮތުގައި، މި ކޯސް ކުރިޔަށް ގެންދާނީ 30 ބައިވެރިންނަށެވެ. އެހެންކަމުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަވަހަށް ރެޖިސްޓަރވުމަށް އެދެވިގެން ވެއެވެ.

މި ކޯހުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ އޮންލައިން ފޯމު، އެ ވުޒާރާގެ މީސް މިޑިއާގައި ވަނީ ޙިއްސާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު
TTH_advertisement