ކުއްލި ޚަބަރު

އެމްއެފްޑީއޭ އިން ހުއްދަ ނުދެނީސް ހުއްދަ ދިން ކަމުގެ ލޭބަލް ޖެހި މައްސަލައެއް

ދެ ރަށެއްގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ސްޓެލްކޯއިން 1000 ކިލޯވޮޓްގެ ޖަނެރޭޓަރު ފޮނުވައިފި

މާލޭގެ އަށް ކެފޭއަކުން ގަވާއިދާ ޚިލާފަށް އުޅުނު ފަސް ބިދޭސީއަކު ހައްޔަރުކޮށްފި

ރައީސް މުއިއްޒު އެ ދައްކަވަމުންދަނީ ނަމޫނާ ޚިދުމަތުގެ މިސާލެއް: ނައިބު ރައީސް

Mal

ދިވެހި ދައުލަތުގެ އެންމެ މަތީވެރިއަކަށް ހުންނަވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދައްކަވަމުން އެގެންދަވަނީ ނަމޫނާ ޚިދުމަތުގެ މިސާލެއް ކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، އެއް އަހަރާ 11 މަސްދުވަހުގެ ތެރޭގައި ދަތުރުފުޅުކުރައްވައި މިއަދު ވަނީ ރިކޯޑެއް ހައްދަވާފައެވެ. މި ރެކޯޑު ފުރިހަމަވީ ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށާއި، މާލެ އަތޮޅުގެ ތިން ރަށަކަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި، މާލެއަތޮޅު ތުލުސްދޫއަށް މިއަދު މެންދުރު ވަޑައިގަތުމާ އެކުގައެވެ.

ދިވެހި ތާރީޚަށް ބަލާއިރު، ޤައުމުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އެންމެ ފަހުން ރައީސަކު ޒިޔާރަތްކުރެއްވީ މީގެ 42 އަހަރު ކުރިންނެވެ. އޭރު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި ހުންނެވި މައުމޫން ޢަބްދުލްޤައްޔޫމް، މި ކާމިޔާބީ ހާސިލުކުރެއްވީ 5 އަހަރު ދުވަހުގެ ތެރޭގައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ، ‏ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ރައްޔިތުންނާ ގާތުން ޙިދުމަތް ކުރެއްވުމުގެ ވަރުގަދަ އަޒުމްފުޅުއްގައު ކަމަށެވެ.

މިއަދު ކ. ތުލުސްދޫއަށް އެމަނިކުފާނު ކުރެއްވި ޒިޔާރަތާއެކު، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، ވެރިކަމުގެ ފުރަތަމަ ދައުރުގައި އެމަނިކުފާނަށް އެވަނީ ޒިޔާރަށް ކުރެއްވިފައި ކަނަށް ނައިބު ރައީސް ވިދާޅުވިއެވެ.

”ރައީސް އެގެންދަވަނީ މީގެން ކޮންމެ ރަށެއްގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި، ސަރުކާރުގެ އިދާރާތަކުގެ މަސައްކަތް ގާތުން ބައްލަވައި، އެތައް ސަތޭކަ ރަށެއްގައި ތަރައްގީގެ މަޝްރޫއުތައް ފައްޓަވައިދެއްވާ، އަދި ބައެއް މަސައްކަތްތައް ހަލުވިކަމާއެކު ނިންމަވައި އިފްތިތާހުކޮށްދެއްވަމުން.“ ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ، ދިވެހި ދައުލަތުގެ އެންމެ މަތީވެރިއަކަށް ހުންނަވައި ރައީސް މިއަދު ދައްކަވަމުން އެގެންދަވަނީ ނަމޫނާ ޙިދުމަތުގެ މިސާލެއް ކަމަށެވެ.

ރައީސްވަނީ މީހުން ދިރިއުޅޭ 187 ރަށާއި ސިޓީތަކަށް 1 އަހަރާއި 11 މަހުން (ގާތްގަނޑަކަށް 110 ހަފުތާއިން) ދަތުރުކޮށް ނިންމައިފައެވެ

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު
TTH_advertisement