ކުއްލި ޚަބަރު

50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި

މާލެއާއި ވިލިމާލޭގެ މަގުތަކުގެ ޑިޒައިން މަރުހަލާ ފެށުމަށް ޗައިނާއާއެކު އެލްއޯއީގައި ސޮއިކޮށްފި

މީޑިއާ ކޮމިޝަނުގެ ރައީސް ކަމަށް ފަރުޝަތު އައްޔަންކުރަނީ

ނޫމަރާ ކައުންސިލް އައު އިމާރާތް ރައީސް ހުޅުވައިދެއްވައިފި

ށ.ނޫމަރާ ކައުންސިލްގެ އާ އިމާރާތް ރައީސުލްޖުމްހުރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހުޅުވައިދެއްވައިފިއެވެ.

މި އިމާރާތަކީ ނޫމަރާގައި ކައުންސިލުން ދެމުންދާ ޚިދުމަތްތައް ދިނުމަށް، އެކަމަށް ބޭނުންވާ އެކަށީގެންވާ ޢުމްރާނީ ވަސީލަތް ޤާއިމުކުރުމަށް ކުރިއަށްގެންދިޔަ މަސައްކަތެކެވެ.

އިމާރާތް ހުޅުއްވައިދެއްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލް އާ އިމަރާތް ބައްލަވާލައްވާފައެވެ.
ނޫމަރާ ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޕީއެސްއައިޕީ ބަޖެޓުގައި ހިމެނައިގެން، ށ.ނޫމަރާ ކައުންސިލާއި ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މަސައްކަތެކެވެ.

އެގޮތުން، މި އިމާރާތުގައި 80 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި 16 މީހުންގެ ޖާގައިގެ މީޓިންގ ރޫމެއް ހިމެނެއެވެ. އަދި ކައުންސިލް ރައީސް، ކައުންސިލް ނައިބު ރައީސް، ކައުންސިލް މެމްބަރުންނާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަށް ވަކިވަކި ކެބިން ޚާއްސަ ކުރެވިފައިވެއެވެ.

މީގެއިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ޚާއްސަ މާލަމެއް ހިމެނެއެވެ.
މިއީ ސަރުކާރުން 3.9 މިލިއަން ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މަސައްކަތެކެވެ.

ސަރުކާރުން ދަނީ، އިމާރާތް ބާވުމާއި އަދި ޖާގައިގެ ދަތިކަން ހުރި ކައުންސިލްތަކަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ސަރުކާރުގެ ޕީއެސްއައިޕީއާއި ޗައިނާ ސަރުކާރުގެ ހިލޭ އެހީ ހިމެނޭހެން 105 ކައުންސިލެއް ތަރައްޤީކުރުމުގެ މަސައްކަތް އެކި މަރުޚަލާގައި އަންނަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޕާކިސްތާނުގެ ޖެނެރަލް ސާޙިރް ޝަމްޝާދް، ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ތެލަސީމިއާ އެލަވަންސްގެ ގޮތުގައި 1000 ރުފިޔާގެ އެލަވަންސެއް ދޭން ފަށާނެ: ރައީސް

ގަމުގައި އިތުރު 100 ހައުސިން ޔުނިޓު ހަދަން މިއަހަރު ހަވާލުކުރަނީ

laamu gamu

ގަމަށް ބަދަލުވި 169 މީހުންނަށް، ކޮންމެ މީހަކަށް 50،000 ރުފިޔާ ޖަމާކޮށްދެނީ

TTH_advertisement