ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސްޓެލްކޯއިން އެ ކުންފުނީގެ އިންޖިނޭރުންނަށް ރަތް ދޫލައިގައި މަރުހަބާއެއް ކިޔައިފި

11

އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފުލާއަށް ސްޓެލްކޯއިން އެ ކުންފުނީގެ އިންޖިނޭރުންނަށް ރަތް ދޫލައިގައި މަރުޙަބާއެއް ކިޔައިފިއެވެ.

ސްޓެލްކޯއިން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ، ކުންފުނީގެ ފެންވަރުގައި ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ފާހަގަކޮށްފައިވާ ކަމަށާއި، އަދި އެ ކުންފުނީގައި ޚިދުމަތްކުރަމުންދާ އިންޖިނޭރުންގެ އަގުވަޒަންކުރުމަށް ކުރިއަށްދިޔަ ހަފުލާއަށް އިންޖިނޭރުންނަށް ރަތް ދޫލައިން މަރުޙަބާ ކިޔާފައިވާ ކަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިންޖިނޭރުން ޤައުމަށް ކޮށްދެއްވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، ކޮންމެ އަހަރެއްގެ 30 އޯގަސްޓަކީ ގައުމީ އިންޖިނޭރުންގެ ދުވަސްކަމުގައި ހަމަޖައްސަވާފައެވެ.

އަދި 2026 ވަނަ އަހަރުން ފެށިގެން އިންޖިނޭރުންގެ ގައުމީ އެވޯޑް، ސަރުކާރުން ދެއްވަން ފައްޓަވާނެކަމުގައިވެސް ރައީސް އިއުލާންކުރައްވާފައިވެއެވެ.

އިންޖިނޭރުންގެ ދުވަހާ ގުޅިގެން ރައީސް ފޮނުއްވި ޚިޠާބުގައި ފާހަގަކުރެއްވި ގޮތުގައި، އޯގަސްޓު 30 އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ހަމަޖެއްސެވީ، އެއީ ސިނަމާލެ ބްރިޖް އިފްތިތާހުކުރެވުނު ދުވަސްކަމަށްވާތީއެވެ. މިއަދަށް ސިނަމާލެ ބްރިޖް ހުޅުވިތާ 7 އަހަރު ފުރޭއިރު، މި ބްރިޖްގެ ސަބަބުން ދިވެހީންގެ ދިރިއުޅުމަށާއި، އިޤްތިޞާދަށް، އަދި އިޖްތިމާޢީ ހުރިހާ ޚިދުމަތަކަށްވެސް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ ޚިޠާބުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، 2040 ވަނަ އަހަރަށް ދާއިރު ތަރައްޤީވެފައިވާ ޤައުމަކަށް ދިވެހިރާއްޖެ ހެދުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށް އިންޖިނޭރުންގެ ޢިލްމާއި، ތަޖްރިބާއާއި، އެހީތެރިކަމަށް މި ޤައުމު އޮތީ ނުހަނު ބޮޑަށް ބޭނުންވެފައެވެ.

އަދި އިންޖިނޭރުންގެ ޢިލްމީ ދިރާސާތަކަށް ފުރުޞަތު ފަހިކޮށްދިނުމަށާއި، އެކި ދާއިރާތަކުން އިންޖިނޭރުކަން ކިޔަވައިދީ، ތަމްރީނު ދިނުމަށް ސަރުކާރުންދޭ ސަމާލުކަން އިތުރުކުރައްވާނެކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވާފައިވެއެވެ.

ދިވެހިރާއްޖޭގައި ޤައުމީ ފެންވަރުގައި ފުރަތަމަ ފަހަރަށް ފާހަގަކުރެވުނު އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތުގައި، ދިވެހި ކާބަފައިންނަކީ މާޒީގައިވެސް ފަންނުވެރި ހުނަރުވެރި ފާޑުވެރި ބައެއްކަމާއި، އެ ދުވަހުއްސުރެ މިއަދާ ހަމަޔަށްވެސް ރާއްޖޭގެ ތަރައްޤީ ނެގެހެއްޓުމުގައި ދިވެހި އިންޖިނޭރުން އަދާކުރައްވާފައިވާ މުހިންމު ދައުރު ރައީސްގެ ހިތާބުގައި، ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

ދިގުރަށުގައި ޒަމާނީ ކަރަންޓު ވިއުގައެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

stelco

ފަހު ދިހައެއްގައި ސްޓެލްކޯގެ ސަރވިސް ކައުންޓަރުތަކުން ހިދުމަތް ދޭނޭ ގޮތް ހާމަކޮށްފި

stelco

ފަހު ދިހައެއްގައި ސްޓެލްކޯގެ ޚިދުމަތް ދޭނެ ގަޑިތައް އާންމުކޮށްފި

Oo

ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮށިތަކުގައި ޕޯސްޓަރު ހަރުނުކުރުމަށް އެދިއްޖެ