ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ލަފާކުރި ވަގުތުގެ ކުރިން ކަރަންޓު ދެވިފައިމިވަނީ ޚިދުމަތްތެރި އިންޖީނިއަރުންނާއި ޓެކްނީޝަނުންގެ ގާބިލްކަމުން: ފަހުމީ

112

ހުޅުމާލޭގައި ހިންގާ 50 މެގަވޮޓުގެ އިންޖީނުގެ މުހިންމު މަސައްކަތެއް ކުރުމަށް މިއަދު ހެނދުނު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލުމަށްފަހު، އަލުން ކަރަންޓު ލިބޭނެ ކަމަށް ލަފާކުރި ވަގުތައްވުރެ ކުރިން އެ ހިދުމަތް ފޯރުކޮށްދެވުނީ ސްޓެލްކޯގެ ހުނަރުވެރި އިންޖީނިއަރުންނާއި ޓެކްނީޝަނުންގެ ޤާބިލުކަމާއި ހީވާގިކަމުން ކަމުގައި އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

މާލެ ސަރަހައްދުގެ ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއް ނެތި އެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެ އިންޖީނުގެ މޭޖަރ މަސައްކަތެއް ކުރުމަށް މިއަދު ހެނދުނު 6:00 އިން 10:00 އަށް އެ އިންޖީނުގެ ނިއްވާލަން ވަނީ ތާވަލު ކޮށްފައެވެ. އަދި ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް އެއް ގަޑިއިރު ތެރޭގައި ހިދުމަތް އަލުން ލިބޭނެ ކަމަށްވެސް ސްޓެލްކޯއިން ވަނީ ކުރިން ބުނެފައެވެ.

ނަމަވެސް ސްޓެލްކޯ އިން މިއަދު ވަނީ 8:45 ހާއިރު އެ މަސައްކަތް އެއްކޮށް ނިންމައި، މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު ހުރިހާ ސަރަހައްދުތަކަށް އަލުން ކަރަންޓު ދީފައެވެ.

މިކަމާ ގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަސައްކަތް ނިމޭނެކަމަށް ކުރިން ލަފާކުރެވިފައިވާ 10:00 ގެ ކުރިން މި މަސައްކަތް ނިންމާލައި، ހުރިހާ ކަސްޓަމަރުންނަށް އަލުން ކަރަންޓު ދެވިފައިމިވަނީ ސްޓެލްކޯގެ ޚިދުމަތްތެރި އިންޖީނިއަރުންނާއި ޓެކްނީޝަނުންގެ ޤާބިލްކަމާއި ހީވާގިކަމުން ކަމަށެވެ.

“މީގެ އިތުރުން މަސައްކަތުގެ އަޚުލާޤާއި، އެ މަސައްކަތަށް އޮންނަ ލޯތްބާއި، ރައްޔިތުންނަށާއި ޤައުމަށް ޚިދުމަތްކުރުމުގެ މަތިވެރި ރޫޙު އެމުވައްޒަފުން ކިބައިގައި ހުރުމުން. އެހެންކަމުން މި މަސައްކަތުގައި ބައިވެރިވި މުޅި ޓީމަށް އައްސަރިބަހާއި ސާބަސް ދަންނަވަން. އަދި މިފަދަ ކޮންމެ ދަނޑިވަޅެއްގައި ގްރޭޓަރ މާލެ ސަރަޙައްދުގެ ކަސްޓަމަރުންގެ ފަރާތުން އަޅުގަނޑުމެންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް އެންމެހާ ކަސްޓަމަރުންނަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން.” ފަހުމީ ވިދާޅުވެފައިވެއެވެ.

މާލޭގައި ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލުކުރަން ފަހުމީ ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

ދިގުރަށުގައި ޒަމާނީ ކަރަންޓު ވިއުގައެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

stelco

ފަހު ދިހައެއްގައި ސްޓެލްކޯގެ ސަރވިސް ކައުންޓަރުތަކުން ހިދުމަތް ދޭނޭ ގޮތް ހާމަކޮށްފި

stelco

ފަހު ދިހައެއްގައި ސްޓެލްކޯގެ ޚިދުމަތް ދޭނެ ގަޑިތައް އާންމުކޮށްފި

ހުރާގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ސްޓެލްކޯގެ ދަށަށް