ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސްޓެލްކޯއިން މަސައްކަތް ނިންމައި މާލެއާއި ހުޅުމާލެއަށް ކަރަންޓު ދީފި

stelco

ހުޅުމާލޭ އިންޖީނުގޭގައި ކުރަމުންދިޔަ މަސައްކަތް ތާވަލްކުރެވިފައިވާ ވަގުތުގެ ކުރިން ނިންމައި އިންޖީނުތައް ލޯޑަށްލެވި މާލެއާއި ހުޅުމާލޭގެ ކަރަންޓުގެ ހިދުމަތް އާންމުހާލަތަކަށް ގެނެސްފިއެވެ.
ސްޓެލްކޯއިން ވިދާޅުވީ، ހުޅުމާލޭގައި ހުންނަ 50 މެގަވޮޓްގެ ބޮޑު އިންޖީނުގޭގެ ހުރިހާ، ޖަނަރޭޓަރުތަކެއް ނިއްވާލުމާއި ގުޅިގެން މާލެއާއި ހުޅުމާލެއަށް ކަރަންޓު ފޯރުކޮށްދިނުމުގައި ލޯޑް ޝެޑަކަށް ދިޔުމުންކަމަށެވެ.

ކޮންޓްރޯލްކުރެވިގެން ކަރަންޓު ބޭނުންކުރާ ނިސްބަތް އެގަޑިތަކުގައި މަދުވާހެނެހެން ހުރިހާ ޖަނަރޭޓަރުތަކެއް ހުޅުމާލޭ އިންޖީނުގޭގައި ނިއްވާލަންޖެހުނީ، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއްކުރުމަށްކަމަށެވެ.

މިމަސައްކަތްކުރުމަށްފަހު މިހާރު ސްޓެލްކޯއިންވަނީ މާލެއާއި ހުޅުމާލޭގެ ހުރިހާ ސަރަޙައްދަކަށް ކަރަންޓު ފޯރުކޮށްދީފައެވެ. މިއާއެކު ލޯޑް ޝެޑްކުރުން ހުއްޓާލައި، މާލެއާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ އަލުން ކަރަންޓު ފޯރުކޮށްދެވިފައެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް އެކުންފުނިން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ސްޓެލްކޯއިންވަނީ ކަރަންޓު ކަނޑާލަންޖެހޭ ޙާލަތްތަކުގައިވެސް ސަރުކާރާއި އާންމު ޚިދުމަތްދޭ މުހިއްމު ސަރަޙައްދުތަކުން ކަރަންޓު ނުކެނޑޭނެހެން އިންތިޒާމުތައް ހަމަޖައްސާފައެވެ.

ހުޅުމާލޭގައި ހުންނަ 50 މެގަވޮޓްގެ އިންޖީނުގޭގައި 6 ޖަނަރޭޓަރު ހުރެއެވެ. މިއީ 2019 ވަނަ އަހަރު ބޭނުންކުރަން ފެށި، އިންޖީނުގެއެވެ. އިތުރުވެފައިވާ މާލެއާއި ހުޅުމާލޭގެ ކަރަންޓުގެ ޑިމާންޑާ އެއްވަރަށް ދެމެހެއްޓެނިވިގޮތެއްގައި ކަރަންޓު ފޯރުކޮށްދިނުމަށް އިތުރު އިންޖީނުގެއެއް މިސަރަހައްދަށް ކޮންމެހެން ބޭނުންވާކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.

ތިލަމާލެ ބްރިޖާއެކު ތިލަފުށީގައި ޕްލޭންކުރެވިފައިވާ އިންޖީނުގޭގެ މަސައްކަތް ކުރެވުމުން މިމައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށް ސްޓެލްކޯއިން ފާހަގަކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

ދިގުރަށުގައި ޒަމާނީ ކަރަންޓު ވިއުގައެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

stelco

ފަހު ދިހައެއްގައި ސްޓެލްކޯގެ ސަރވިސް ކައުންޓަރުތަކުން ހިދުމަތް ދޭނޭ ގޮތް ހާމަކޮށްފި

stelco

ފަހު ދިހައެއްގައި ސްޓެލްކޯގެ ޚިދުމަތް ދޭނެ ގަޑިތައް އާންމުކޮށްފި

ހުރާގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ސްޓެލްކޯގެ ދަށަށް