ރާއްޖޭގައި ޓިކްޓޮކްގައި އާންމުންގެ ތެރޭގައި މަގްބޫލުކަން ހޯދާފައިވާ މަރިޔަމް ސަމާ ޝަރީފަށް އަނިކުރުމަށްފަހު އޭނާގެ ފިރިމީހާ ފިލައިފިއެވެ.
ސަމާގެ ފިރިމީހާ އަކީ މުހައްމަދު ހަސަން (ބަޖާ) އެވެ. ދާދިފަހުން ސަމާ ވަނީ ދިރިއުޅުން އަވަށްޓެރި ސްރީލަންކާއަށް ބަދަލުކޮށްފައެވެ.
ސަމާއަށް ބަޖާ އަނިޔާކުރީ ސްރީލަންކާގައި އޭނާ ދިރިއުޅޭ ގޭގައި ހުއްޓައެވެ. ބަޖާ ވަނީ ސަމާއަށް އަނިޔާކުރުމަށްފަހު އޭނާ ގެންގުޅޭ މޮބައިލް ފޯނެއް ވެސް ހަލާލުކޮށްލާފައެވެ. ބަޖާއަކީ ފުލުހެކެވެ.
ސްރީލަންކާގެ ފުލުހުން އަންނަނީ އެ މައްސަލައިގެ ތަހުގީގަށް ބަޖާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ސަމާ އާއި ބަޖާ ކައިވެނިކުރީ ވެސް ދާދިފަހުން ސްރީލަންކާގައެވެ.
ޓިކްޓޮކް ލައިވެއްގައި ވެސް އެ ދެ މީހުން ވަނީ ދާދިފަހުން ޒުވާބުކޮށްފައެވެ. ސަމާއަށް ބަޖާ އަނިޔާކުރިއިރު، އެހެން މީހަކާ އިނދެގެން ސަމާއަށް ލިބިފައިވާ ދެ ދަރިން ވެސް އެގޭގައި ތިއްބެވެ.
ކިޔުންތެރިންގެ ހިޔާލު