ކުއްލި ޚަބަރު

އިންޑިއާ އިން ރާއްޖެއަށް ދެ ޕޯޓަބަލް ހޮސްޕިޓަލް ހަދިޔާކޮށްފި

ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންޑިއާ އަަބަދުވެސް ދެމި އޮންނާނެ: މޯދީ

ރާއްޖެ އާއި އިންޑިއާ އާ ދެމެދު ފަސޭހަ އިން ފައިސާގެ މުއާމަލާތްތައް ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި

ލަންކާގެ ރައީސް އަނުރަ ފުރަމާނަ ދަތުރުފުޅެއްގައި ހޯމަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ

އަވައްޓެރި ސްރީލަންކާގެ ރައީސް އަނުރަ ކުމަރަ ޑިސަނަޔަކަ ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

މިއަދު ރައީސް އޮފީހުން ބުނި ގޮތުގައި ޑިސަނަޔަކަ ރާއްޖެއަށް ކުރައްވާ ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރަސްމީ ދައުވަތުފުޅަކަށް ކުރައްވާ ދަތުރުފުޅެކެވެ. އެމަނިކުފާނު ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހިނގަމުންދާ ޖުލައި މަހުގެ 28 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހަށެވެ.

ޑިސަނަޔަކަގެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާ ބައްދަލުކުރައްވާނެއެވެ. އަދި އެ ބައްދަލުކުރެެއްވުމުގައި ދެ ގައުމުގެ މެދުގައި އޮތް ގުޅުން ބަދަހިކޮށް އެއްބާރުލުން އިތުރުކުރުމާމެދު މަޝްވަރާކުރައްވާނެ ކަމުގައި ރަައީސް އޮފީހުން ބުނެފައިވެއެވެ.

މިއީ 2024 ވަނަ އަހަރު ލަންކާގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޑިސަނަޔަކަ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ލަަންކާއަކީ ރާއްޖެއަށް މިނިވަންކަން ލިބުނު ދުވަހުން ފެށިގެން ރާއްޖެއަށް ގުޅުން ގާއިމުކޮށްފައިވާ ގައުމެކެވެ. މިނިވަން ގައުމެއްގެ ގޮތުގައި އެންމެ ފުރަތަމަ ރާއްޖެ ބަލައިގަންނަން ނިންމި ގައުމަކީ ލަންކާއެވެ.

ތާރީހީ ގޮތުން ލަންކާއަކީ ރާއްޖެއާ އެންމެ ދުވަސްވީ ގުޅުމެއް އޮންނަ ގައުމެވެ. އެންމެ އެވޭލާ ޒަމާނުގައިވެސް ރާއްޖެއާއި ލަންކާގެ މެދުގައި ސަގާފީ އަދި ވިޔަފާރީގެ ގުޅުންތައް އޮވެއެވެ. ދިވެހިންނާއި ލަންކާ މީހުންނާމެދު މުއާމަލާތްނުކުރެވޭ ޒަމާނެއް ދިވެހި ތާރީހުގައި ރެކޯޑުކުރެވިފައި ނުވެއެވެ.

1965 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހު ރާއްޖެއަށް މިނިވަންކަން ލިބުމާއެކު ލަންކާއިން ރާއްޖެ ބަލައިގަނެ ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިއެވެ. އެހެންކަމުން މި އަހަރު ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭއިރު ލަންކާއާއި ރާއްޖޭގެ މެދުގައި ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރެވުނުތާ 60 އަހަރު ފުރޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

މޯދީ ސަލްޓަން ޕާކްގައި ގަހެއް އިންދަވައިފި

112

އިންޑިއާ އިން ރާއްޖެއަށް ދެ ޕޯޓަބަލް ހޮސްޕިޓަލް ހަދިޔާކޮށްފި

Dsc 1157

ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންޑިއާ އަަބަދުވެސް ދެމި އޮންނާނެ: މޯދީ

112

ރާއްޖެ އާއި އިންޑިއާ އާ ދެމެދު ފަސޭހަ އިން ފައިސާގެ މުއާމަލާތްތައް ކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި

TTH_advertisement ELL Mobile Advertisement