ކުއްލި ޚަބަރު

މޮރިޝަސްއިން ރާއްޖެއާ އެކު އޮތް ޚާރިޖީ ގުޅުންތައް ކަނޑާލައިފި

ސިނަމާލޭ ބްރިޖުގައި ޕިކަޕެއް ފުރޮޅާލައި ގެއްލުންތަކެއް ވެއްޖެ

ހުޅަނގު އައްސޭރީގެ ބިންތައް ޔަހޫދީންގެ މުދަލަށް ހެދުން ބަލައި ނުގަންނަން: ޑރ. ޚަލީލް

މާމިގިލީގައި ފީނަން ގޮސް އުޅުނު ކުއްޖާ ނިޔާވުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

Gqhakxkx0aahccr
“ދިވެހިރާއްޖެ 2.0″ގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް ހުޅުވުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ — ފޮޓޯ: ރައީސް އޮފީސް

އދ. މާމިގިލިން ފީނަން ގޮސް އުޅުނު ކުއްޖާ ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

މާމިގިލި ކައިރިން ފީނަން ގޮސް އުޅުނު ހަތަރު ކުދިންގެ ތެރެއިން 15 އަހަރުގެ ކުއްޖަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ކޮށްފައެވެ.

އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، އެ ކުއްޖާ ފެނުމާއެކު މާމިގިލި ސިއްހީ މަރުކަޒަށް ވަނީ ގެންގޮސްފައެވެ. ނަމަވެސް ސިއްހީ މަރުކަޒަށް ކުއްޖާ ގެންދިޔަ އިރުވެސް އޮތީ ނިޔާވެފައެވެ.

އެކްސްގައި ރައީސް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޫދަށް ގޮސް އުޅެނިކޮށް އުމުރުން 15 އަހަރުގެ ކުޑަ ކުއްޖަކު ނިޔާވުމަކީ، ހިތާމަވެރި، ނުތަނަވަސް އިހުސާސްތަކެއް ކުރުވި ހިތްދަތި ހަބަރެއް ކަމަށެވެ.

އެ ހާދިސާގައި ނިޔާވި ލޫތު ބިން އަހުމަދަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވައި، އެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށް ދުއާ ދަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

453327 f666cc0d 8

އައްޑޫ ސިޓީ އާއި ހުޅުދޫ އާއި މީދޫގެ އިދާރީ ދާއިރާތަކުގެ އިޚްތިޞާޞަށް ބަދަލުގެންނަވައިފި

413479 9af1c789 3

ރާއްޖެ ޑިޖިޓަލްވުމުން ރަށްރަށުގައި ތިބެ އާމްދަނީ ހޯދަން ފަހި ފުރުސަތުތަކެއް ލިބޭނެ: ރައީސް

767

ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ޑިޕްލޮމޭޓުންނަށް ރައީސް ރޯދަ ވީއްލުމެއް ދެއްވައިފި

454839 5c444095 c

ރައީސް ޑރ. މުއިއްޒު ބަންގްލަދޭޝްގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

TTH_advertisement