ކުއްލި ޚަބަރު

ދަރަނީގެ މައްސަލައަށް ހައްލު ހޯދައިދޭނެ ޕާޓީއަކީ އެމްޑީޕީ: ނަޝީދު

ނަޝީދުގެ ހިސާބު: ކައުންސިލު އިންތިހާބު އެމްޑީޕީން ނަގާނީ ބޮޑުކޮށް!

ނަޝީދަށް މަރުހަބާ ދެންނެވުމަށް އެމްޑީޕީން ބޭއްވި ޖަލްސާގައި ސޯލިހު ބައިވެރިވަޑައިނުގެންނެވި

ސްކޭމްތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ހިންގި ފުރަތަމަ ބައިނަލްއަގުވާމީ އޮޕަރޭޝަން ފްރރޮންޓިއަރ+ ގައި ރާއްޖެއިން ބައިވެރިވެއްޖެ

ބައިނަލްއަގުވާމީ ފެންވަރުގައި ހިންގުނު ފުރަތަމަ ފްރޮންޓިއަރ+ އޮޕަރޭޝަންގައި ބައިވެރިވެ، ދިވެހި ފުލުހުންގެ ޚިދުމަތުން މުހިންމު ކާމިޔާބީތަކެއް ހޯދައިފިއެވެ. މި އޮޕަރޭޝރޭޝަނަކީ ގިނަ ގައުމުތަކެއްގެ އެންޓި-ސްކޭމް ސެންޓަރުތައް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. 2025 ވަނަ އަހަރުގެ އޭޕްރީލް 28 އިން މެއި 28 އަށް ކުރިއަށް ގެންދެވުނު މި އޮޕަރޭޝަންގައި 7 ގައުމަކުން ބައިވެރިވެ، އިންޓަރނޭޝަނަލް ސްކޭމްތަކާ ދެކޮޅަށް މަސައްކަތްކޮށްފައިވެއެވެ.

ފްރޮންޓިއަރ+ ނެޓްވޯކަކީ ސިންގަޕޫރުގެ އެންޓި-ސްކޭމް ކޮމާންޑްގެ އިސްނެގުމުގެ ދަށުން އުފެދުނު ނެޓްވޯކެކެވެ. މިހާރު މި ނެޓްވޯކްގައި ސިންގަޕޫރު، އޮސްޓްރޭލިއާ، ކެނެޑާ، ހޮންކޮންގ، ތައިލެންޑް، ކޮރެއާ، މެލޭޝިއާ، އިންޑޮނޭޝިއާ، މަކާއޯ އަދި ދިވެހިރާއްޖެ ހިމެނެއެވެ. މި ނެޓްވޯކްގެ ބޭނުމަކީ އޮޅުވާލައިގެން ހިންނގާ މާލީ މުއާމަލާތްތަކާ ދެކޮޅަށް ގައުމުތައް ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމާއި، އިންޓެލިޖެންސް ހިއްސާކުރުމާއި، ސްކޭމް ހުއްޓުވުމަށާއި ފައިސާ އަނބުރާ ހޯދުމަށް ބައިނަލްއަގުވާމީ އޮނިގަނޑެއް ގާއިމުކުރުމެވެ.

އޮޕަރޭޝަން ފްރޮންޓިއަރ+ ގެ މައުލޫމާތު ހިއްސާކުރުމަށް 2025 ޖޫން 3 ވަނަ ދުވަހު ހޮންކޮންގްގައި ބޭއްވުނު ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އެންޓި-ސްކޭމް ސެންޓަރުގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު އަދި ސްކޭމް އިންވެސްޓިގޭޝަންގެ ހެޑް ވެރިޔާ އިންސްޕެކްޓަރ އޮފް ޕޮލިސް ޝާމް މުޙައްމަދު ބައިވެރިވެވަޑައިގަތެވެ. ފްރޮންޓިއަރ+ އޮޕަރޭޝަންގެ މުއްދަތުގައި ދިވެހިރާއްޖޭގައި 199 ސްކޭމްގެ މައްސަލަ ރިޕޯޓުކުރެވިފައިވެއެވެ. މި މައްސަލަތަކުގައި ޖުމްލަ 2.91 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާއިރު، އޭގެ ތެރެއިން 640,000 ރުފިޔާ އަނބުރާ ހޯދިފައިވެއެވެ. މިއީ 21 އިންސައްތައިގެ ރިކަވަރީ ރޭޓެއް ކަމަށްވާއިރު، މިއީ އޮޕަރޭޝަންގައި ބައިވެރިވި ހުރިހާ ގައުމުތަކުގެ ތެރެއިން އެންމެ މަތީ ރޭޓެވެ.

މި އޮޕަރޭޝަނުން ވަނީ ބައިނަލްއަގުވާމީ ފެންވަރުގައި ސްކޭމްތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެވިފައެވެ. އަދި ކުރިއަށްއޮތް ތަނގުގައި މިފަދަ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކުރުމަށް ބައިވެރިވި ގައުމުތަކުގެ މެދުގައި ވަނީ މަޝްވަރާކުރެވިފައެވެ.

އެގޮތުން، ފްރޮންޓިއަރ+ ނެޓްވޯކްގައި ބައިވެރިވުމަކީ ރާއްޖޭގައި ސްކޭމްތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ. އަދި ބައިނަލްއަގުވާމީ ފެންވަރުގައި އެހެން ގައުމުތަކާ ގުޅިގެން މަސައްކަތްކުރުމަކީ ސްކޭމްތަކާ ދެކޮޅަށް އަވަހަށް ފިޔަވަޅު އެޅުމަށާއި ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Gujeyvkwcaahdmh

ދަރަނީގެ މައްސަލައަށް ހައްލު ހޯދައިދޭނެ ޕާޓީއަކީ އެމްޑީޕީ: ނަޝީދު

Gujjg9hasaavzra

ނަޝީދުގެ ހިސާބު: ކައުންސިލު އިންތިހާބު އެމްޑީޕީން ނަގާނީ ބޮޑުކޮށް!

Gujectaxeaaq3aq

ނަޝީދަށް މަރުހަބާ ދެންނެވުމަށް އެމްޑީޕީން ބޭއްވި ޖަލްސާގައި ސޯލިހު ބައިވެރިވަޑައިނުގެންނެވި

Nav

ރައްޔިތަކު ފުލުހެއްގެ ކިބައިން އެހީއަކަށް އެދޭހިނދު ދިއްކޮށްލެވެނީ އިޚްލާސްތެރި އަތަކަށް ވާނެޖެހޭނެ: ސީޕީ ނަވީން

ELL Mobile Advertisement TTH_advertisement