ކުއްލި ޚަބަރު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު މަރުވެއްޖެ

ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށައިފި

އެސްޑީއެފްސީ ރީބްރޭންޑްކޮށް އެސްއެމްއީ ޑިޖިޓަލް އަށް ބަދަލުކޮށްފި

އަމާޒަކީ ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި 36 ވަދު ކަނދުފަތި ޤާއިމްކުރުން: ޝިޔާމް

ޮ

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެފައިވާ ގޮތުގައި، ސަރުކާރުގެ އަމާޒަކީ ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި 36 ވަދު ކަނދުފަތި ޤާއިމްކުރުމެވެ.

ސަރުކާރުން ދަނީ ދިވެހިރާއްޖޭގައި ސްޕޯޓްސް ފިޝިން ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. ވަޒީރު ޝިޔާމް ފާހަގަކުރެއްވި ގޮތުގައި، ސްޕޯޓްސް ފިޝިންއަކީ މަސްވެރިކަމާއި ފަތުރުވެރިކަން އިތުރަށް ތަރައްޤީވެގެންދާނެ ދާއިރާއެކެވެ. އަދި މުޅި ދުނިޔޭގައިވެސް މިކަމަށް ވަރަށް ބޮޑު ޝައުޤުވެރިކަމެއް ހުރިކަމަށާއި، ދިވެހިރާއްޖޭގައިވެސް މިހާރު މިއީ ވަރަށް މަޤްބޫލު ކަމަކަށް ވެފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވިސްނުންފުޅުގައި ސްޕޯޓްސް ފިޝިންއަކީ ދިވެހިރާއްޖެއަށް އާމްދަނީ ލިބޭނެ ދާއިރާއަކަށް ހެއްދެވުމަށް ބޭނުންފުޅުވާތީ، މިކަމަށް ޚާއްސަ ސަރަހައްދުތަކެއް ފާހަގަކުރެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ސްޕޯޓްސް ފިޝިން ހާބަރުތައް ޤާއިމްކުރުމަށް ވަކި ސަރަހައްދުތަކެއް މިނިސްޓްރީން ފާހަގަކޮށް، ކެބިނެޓްގެެ ރުހުންވެސް ލިބިފައިވާކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ. މިހާރު ކުރިއަށްދަނީ މި ސަރަހައްދުތައް އިޢުލާންކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ޝިޔާމް އިތުރަށް ވިދާޅުވި ގޮތުގައި، ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަދު ކަނދުފަތިތައް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މުޅި ރާއްޖޭގައި ވަދު ކަނދުފަތީގެ ނެޓްވާކެއް ޤާއިމްކުރުމަށް ވަނީ ރޭވިފައެވެ. މިހާރު ކުރެވިފައިވާ ދިރާސާތަކުގެ އަލީގައި މި ފެޑްތައް އިންސްޓޯލްކުރަމުންދާކަމަށާއި، މަސް ކަނދުފަތި ތަންކޮޅެއް ބޭރުގައި އަޅާއިރު، ވަދު ކަނދުފަތިތައް އަޅާނީ ތަންކޮޅެއް ކައިރީގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ވަދު ކަނދުފައްޗަށް ވަރަށް ބޮޑު ޑިމާންޑެއް އޮތްކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ. ނަމަވެސް، މިވަގުތު ކެޕޭސިޓީގެ ގޮތުން ޑިމާންޑާ އެއްވަރަށް މި މަސައްކަތް ކުރުމަށް ދަތިތަކެއް ހުރިކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ. މިހާރު ކަނދުފަތި ސެންޓަރު ހުރީ ހަމައެކަނި ހުޅުމާލޭގައި ކަމަށްވާތީ، ސަރުކާރުން ދަނީ އޭގެ އިތުރު 2 ސަރަހައްދެއްގައި ކަނދުފަތި އަޅާ ސެންޓަރު އެޅުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން ށ. ފުނަދޫގައި ކަނދުފަތި ސެންޓަރު އެޅުމަށް މިހާރު ބިންވެސް ހަމަޖެހިފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވެއެވެ.

ދިވެހިރާއްޖޭގައި މިވަގުތު 2 ބާވަތެއްގެ ކަނދުފަތި ވަނީ އަޅާފައެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްސަކޮށް އަޅާފައިވާ ދޮށީ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންއަށް އަޅާފައިވާ ވަދު ކަނދުފައްޗެވެ. މިހާރު ރާއްޖޭގައި އަޅާފައިވަނީ ދޮށީގެ މަސްވެރިކަމަށް 65 ކަނދުފައްޗާއި ސްޕޯޓްސް ފިޝިންއަށް 26 ކަނދުފައްޗެވެ.

މި މަޝްރޫޢުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބި، ޤައުމުުމުގެ އިޤްތިޞާދަށް ފައިދާކުރާނެ ކަމަށް އުންމީދުކުރެވެއެވެ. އަދި މި މަސައްކަތްތަކުގެ ސަބަބުން ދިވެހި މަސްވެރިންނަށާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

1234

ރައީސް މުއިއްޒުގެ ސިޔާސަތަކީ މަސްވެރިންނަށް ލިބެންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުން: ޝިޔާމް

ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަންގެ އޮފީހެއް ރާއްޖޭގައި ޤާއިމްކުރަނީ

ބާނާ ކަޅުބިލަމަހުގެ 90 އިންސައްތަ ބަންދުކުރެވޭ މިންވަރަށް ވަސީލަތް ތަރަައްޤީކުރެވޭނެ: ޝިޔާމް

ށހި

ރާއްޖޭގެ މެރިކަލްޗަ ދާއިރާ އަށް އިންވެސްޓްކުރުމުގެ ފުރުސަތު އަންނަ މަހު ހުޅުވާލަނީ

TTH_advertisement