ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިޓަލީ ވިލާތުގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

374692 2c75fda5 d

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިޓަލީ ވިލާތުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ރައީސް، ސަރޖިއޯ މަޓަރެއްލާއަށާއި ބޮޑުވަޒީރު ޖޯޖިއާ މެލޯނީއަށް، ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުއްވައިފިއެވެ.

އިޓަލީ ވިލާތުގެ ރައީސަށާއި ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ވަކިވަކީން ފޮނުއްވި މެސެޖުތަކުގައި، އެމަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ތަހުނިޔާ ވިދާޅުވެފައިވެއެވެ. އަދި އިޓަލީ ވިލާތުގެ ރައްޔިތުންގެ ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެން، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިޓަލީ ވިލާތުގެ ރައީސަށް ފޮނުއްވި މެސެޖުގައި، ފާއިތުވި ދުވަސްތަކުގައި، ޚާއްޞަކޮށް ފަތުރުވެރިކަމާއި، ސަގާފަތާއި އަދި ތަޢުލީމީ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ވަރުގަދަވެފައިވާކަން ފާހަގަކުރައްވާފައިވެއެވެ. އަދި ކުރިމަގުގައި ރައީސް މަޓަރެއްލާއާ އެކުގައި ގާތުން މަސައްކަތްކުރައްވައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ޝައުޤުވެރިވާ ކަމުގައިވެސް ހާމަކުރައްވާފައިވެއެވެ.

އިޓަލީ ވިލާތުގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، 1966 ވަނަ އަހަރު ދިވެހިރާއްޖެއާއި އިޓަލީ ވިލާތާ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިފަހުން މިއަދާއިހަމައަށް އޮތް ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ތަރައްޤީކުރުމުގައި އިޓަލީ ވިލާތުން އަދާކުރި މުހިންމު ދައުރަށް އިޝާރާތްކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ފާއިތުވި ތިން އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ އެންމެ ބޮޑު ފަސް ޓޫރިސްޓް މާކެޓުގެ ތެރޭގައި އެޤައުމު ހިމެނޭކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ “އެކްސް” އެކައުންޓުގައިވެސް ދުވަހުގެ ތަހުނިޔާ ފޮނުއްވައި، ޕޯސްޓެއް ހިއްސާކުރައްވާފައެވެ. މި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިޓަލީ ވިލާތުގެ ޖުމްހޫރީ ދުވަސް ރަމްޒުކޮށްދެނީ ޤައުމުގެ ރައްޔިތުން މިނިވަންކަމާއި އިންސާފަށްޓަކައި ކުރި މަސައްކަތް ކަމަށާއި، އެ ޑިމޮކްރެޓިކް އުސޫލުތައް މިއަދާ ހަމައަށްވެސް ދެމިގެންދިޔަކަމީ އުފާކުރައްވާ ކަމެއް ކަމުގައި ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

muiz

މި ސަރުކާރަކީ އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު: ރައީސް

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް