ކުއްލި ޚަބަރު

ވީއައިއޭ ޑޮމެސްޓިކް ޓާމިނަލް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކޮށްފި

ހޭންޑީ ވޯޓަރ ބިއްލޫރި ފުޅިތަކުން ޖަރާސީމެއް ފެނި ބޭނުންނުކުރަން އަންގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ވޭޕްތަކެއް ނައްތާލައިފި

ޖެނީންއަށް ޒިޔާރަތްކުރި އީޔޫ ޑިޕްލޮމޭޓުންގެ ވަފުދާދިމާއަށް އިސްރާއީލު ސިފައިން ބަޑިޖެހި މައްސަލަ އިތުރަށް ހޫނުވަނީ

ހުޅަނގު އައްސޭރީގެ ޖެނީން ސިޓީއަށް ޒިޔާރަތްކުރި ޔޫރަޕް އިއްތިހާދުގެ ޑިޕްލޮމޭޓުންގެ ވަފުދެއްގެ މެމްބަރުންނާ ދިމާއަށް ޒަޔަނިސްޓު އިސްރާއީލު ސިފައިން ބަޑިޖެހި މައްސަލަ އިތުރަށް ހޫނުވެ، އެތައް ގައުމަކުން އިސްރާއީލު ކުށްވެރިކުރަން ފަށައިފިއެވެ.

އިސްރާއީލު ސިފައިން އީޔޫގެ ޑިޕްލޮމޭޓުންނާ ދިމާއަށް ބަޑިޖަހާފައިވަނީ ޖެނީން ރެފިއުޖީ ކޭމްޕަށް ވަންނަ ގޭޓު ކައިރިންނެވެ. މިކަން ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.

ޔޫރަޕް އިއްތިހާދުގެ ޑިޕްލޮމޭޓުންގެ ވަފުދެއް ޖެނީން ރެފިއުޖީ ކޭމްޕަށް ޒިޔާރަތްކުރީ، އެ ކޭމްޕްގެ އިންސާނީ ހާލަތު ދެނެގަނެ، އާންމުންނާ ވާހަކަ ދެއްކުމަށްޓަކައެވެ.

މިވަފުދުގައި، ޔޫރަޕާއި އަރަބި ގައުމުތަކުގެ އެމްބަސެޑަރުންނާއި، ކޮންސަލްސްއިން ހިމެނެއެވެ.

ޒަޔަނިސްޓު އިސްރާއީލު ސިފައިން ޖެނީން ސިޓީ އަދި ޖެނީން ރެފިއުޖީ ކޭމްޕަށް ހަމަލާދީ، އެ ކޭމްޕުން 22،000 މީހުން ގަދަކަމުން ބޭރުކޮށް، ކޭމްޕް ބަންދުކޮށް، ލާއިންސާނީ ޖަރީމާތައް ހިންގަމުން ގެންދާތާ އެތައް ދުވަހެއް ވެއްޖެއެވެ.

އެކަމާހެދި، ރެފިއުޖީ ކޭމްޕްގެ ހާލަތު ބަލަންދިޔަ އީޔޫގެ ވަފުދު، ރެފިއުޖީ ކޭމްޕްގެ މައި ގޭޓާ ގާތްވިވަގުތު އެ ވަފުދަށް އަސްލު ވަޒަން ބޭނުންކޮށްގެން ބަޑިޖަހާފައިވަނީ އެ ކޭމްޕްގެ އިރުމަތީ ދޮރާށި ކައިރީގައި ތިބި ސިފައިންގެ ބައެކެވެ.

އީޔޫގެ ޑިޕްލޮމޭޓުންގެ އިތުރުން، އެމީހުންނާއެކު ދިޔަ ނޫސްވެރިންނަށްވެސް ހަމަލާ އަމާޒުވިއެވެ.

ޑިޕްލޮމޭޓުންނާ ދިމާއަށް ބަޑިޖެހި މައްސަލަ ކުށްވެރިކޮށް، ފަލަސްތީނު ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އިސްރާއީލަކީ ބައިނަލްއަގްވާމީ އެއްވެސް ގާނޫނަކަށް ކިޔަމަންނުވާ އަދި ފަލަސްތީނުގެ އިސްތިގްލާލަށް އެއްވެސް ހުރުމަތެއް ނުބަހައްޓާ ބައެއްކަން އިތުރަށް ހަމަވެގެން ގޮސްފައިވާ ކަމަށެވެ.

އަދި އިސްރާއީލުގެ މި އަމަލު ކުށްވެރިކޮށް، އަދި ފިޔަވަޅު އެޅުމަށް، ހަމަލާ އަމާޒުވި ޑިޕްލޮމޭޓުން ނިސްބަތްވާ ގައުމުތަކަށް ފަލަސްތީނު ސަރުކާރުންވަނީ ގޮވާލާފައެވެ.

އިސްރާއީލު ސިފައިން ބަޑިޖެހި މައްސަލަ ކުށްވެރިކޮށް ބަޔާން ނެރުނު ގައުމުތަކުގެ ތެރޭގައި، ކެނެޑާ، ޔޫކޭ، އަޔަރލޭންޑް، އިޓަލީ، ނެދަރލޭންޑްސް، ފްރާންސް، ފިންލެންޑް، ޑެންމާކް،

ބެލްޖިއަމް، ނޯރވޭ، ޕޯޗުގަލް، ޖާރމަނީ، ސްލޮވީނިއާ، ޖޯރޑަން، ގަތަރު، ތުރުކިޔޭ، އީޖިޕްޓް، އުރުގުއޭ، މެކްސިކޯ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނަށް އެހީއެއްވާން ޔޫރަޕް ފެންނަ ހިސާބުގައިވެސް ނެތް، އަވަށްޓެރި ގައުމުތައް މާރަނގަޅު: އީރާނު ޚާރިޖީ ވަޒީރު

ހުޅަނގު އައްސޭރީގެ ބިންތައް އިޒްރޭލުގެ މިލްކަކަށް ހެދުން ރާއްޖެއިން ކުށްވެރިކޮށްފި

ރަމަޟާން މަހަށް ގުދުސްއާއި، އަގްސާ މިސްކިތް ޒީނަތްތެރިކުރުން މަނާކޮށް، އެތައް ބަޔަކު މިސްކިތަށް ނުވަންނަން އަންގައިފި

ޣައްޒާއިން މިއަދުވެސް 10 މީހުން ޝަހީދުކޮށްލައިފި، ގަތުލުއާންމު ނުހުއްޓޭ، އެއްބަސްވުމެއްގެ ބޭނުމެއްނެތް: ހަމާސް

TTH_advertisement