ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ބިދޭސީން އަތުން މަންފާ ހޯދާ މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފި

Glll9t4bkaazwhq
އިމިގްރޭޝަން އޮފިސަރަކު ބިދޭސީންތަކަކާ ސުވާލުކުރަނީ — ފޮޓޯ: އިމިގްރޭޝަން

އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ބިދޭސީން އަތުން މަންފާ ހޯދާ މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިރޭ ބުނީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން، މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިރޭ ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށް، ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެމީހުންގެ ތެރޭގައި ހިމެނެނީ ކޮން ބައެއްކަން ފުލުހުން ބުނެފައެއް ނުވެއެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން މައްސަލައާ ގުޅޭ އިތުރު ތަފްސީލު ހާމަކުރަމުންދާނެ ކަމަށެވެ.

އެ މައްސަލައިގައި ފުލުހުން ތިން މީހުން ހައްޔަރުކޮށްފައިވާ އިރު، މިއަދުގެ ވަގުތެއްގައި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ވަނީ މަގާމުން ވަކިކޮށްފައެވެ. ނަމަވެސް ސަރުކާރުގެ ރަސްމީ ބަހެއް ލިބިފައިނުވާތީ، އެ މައްސަލައިގައި ޝަމްއާންގެ ބައިވެރިވުމެއް އޮތްކަން ވަނީ ކަށަވަރުކުރެވޭ ގޮތް ނުވެފައެވެ. އަދި ޝަމްއާން މަގާމުން ވަކިކުރި ސަބަބެއް ވެސް ސަރުކާރުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

މި ރޯދަ މަހުގެ ފަހު ދިހައިގައި އިމިގްރޭޝަނުން ހިދުމަތްދޭނެ ގަޑިތައް އާންމުކޮށްފި

ޤަވާއިދާ ޚިލާފަށް އުޅުނު 2 ބިދޭސީއަކު އިމިގްރޭޝަންގެ ދަށަށް ގެންގޮސްފި

tourists

ދަތުރުކުރުމުގައި ދަތިވެފައިވާ ފަތުރުވެރިންގެ ވިސާގެ މުއްދަތު އިތުރުކޮށްފި

immigration

ރަމަޟާން މަހުވެސް އިމިގްރޭޝަނުގެ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދޭނެ