ކުއްލި ޚަބަރު

އުއްތަމަފަނޑިޔާރު ކަމަށް ޣަނީ އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭން ނިންމައިފި

ޓިކްޓޮކް ސަމާއަށް އަނިޔާކުރުމަށްފަހު އޭނާގެ ފިރިމީހާ ފިލައިފި

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދާއި ޖަމީލް އައްޔަންކުރުގެ ރަސްމިއްޔާތު މާދަމާ ބާއްވަނީ

ނިއުކާސަލް ބަލިކޮށް ބްރައިޓަން ކުއާޓާ ފައިނަލަށް

އިނގިރޭސި އެފްއޭ ކަޕުގެ ފަސްވަނަ ބުރުގައި ބްރައިޓަން އެންޑް ހޯވް އަލްބިއަން އިން ވަނީ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، މުބާރާތުގެ ކުއާޓާ ފައިނަލަށް ގޮނޑިއެއް ހޯދައިފައެވެ.

ނިއުކާސަލްގެ ސެއިންޓް ޖޭމްސް ޕާކުގައި ބޭއްވުނު މި ވާދަވެރި މެޗުގައި ދެ ޓީމުންވެސް ކުޅުން ނިމުނުއިރު ތިބީ 10 ކުޅުންތެރިންނެވެ. ބްރައިޓަން އިން ވަނީ 21 ހަމަލައެއް އުފައްދާ، އޭގެ ތެރެއިން ފަސް ހަމަލައެއް ގޯލަށް އަމާޒުކޮށްފައެވެ.

މެޗުގެ 22 ވަނަ މިނިޓުގައި ނިއުކާސަލް ޔުނައިޓެޑަށް ލިބުނު ޕެނަލްޓީއަކުން އެލެކްޒެންޑަރ އިސާކް ޖެހި ލަނޑުން އެ ޓީމުން ލީޑު ނެގިއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ބްރައިޓަންގެ ކުރީގެ ނިއުކާސަލް ކުޅުންތެރިއެއް ކަމަށްވާ ޔަންކޫބާ މިންޓޭ ވަނީ ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ.

މެޗުގެ ފަހު މިނިޓުތަކުގައި ނިއުކާސަލްގެ ފަބިއަން ޝާ ޖެހި ލަނޑު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ. މީގެ އިތުރުން މެޗުގެ 83 ވަނަ މިނިޓުގައި ނިއުކާސަލްގެ އެންތޮނީ ގޯޑޮންއަށް ރަތް ކާޑެއް ދެއްކުމާއެކު، އޭނާއަށް ކުރިއަށް އޮތް އިނގިރޭސި ލީގު ކަޕުގެ ފައިނަލުގައި ލިވަޕޫލްއާ ދެކޮޅަށް ކުޅޭ މެޗުގައި ބައިވެރިއެއް ނުވެވޭނެއެވެ.

މެޗުގެ އިތުރު ވަގުތުގައި ބްރައިޓަންގެ ތާރިގު ލަމްޕްޓޭއަށްވެސް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކާފައެވެ. އިތުރު ވަގުތުގެ ފަހު މިނިޓުތަކުގައި ބްރައިޓަންގެ ޑެނީ ވެލްބެކް ވަނީ ނިންމުމުގެ ލަނޑު ޖަހައި އެ ޓީމަށް ކުރިއެރުން ހޯދައިދީފައެވެ.

އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ބްރައިޓަންއާ ދެކޮޅަށް ކުޅޭނީ ނޮޓިންހަމް ފޮރެސްޓާއި އިޕްސްވިޗް ޓައުން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

އުއްތަމަފަނޑިޔާރު ކަމަށް ޣަނީ އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭން ނިންމައިފި

North harbour mpl

މާރުކޭޓު ސަރަހައްދަށް ގާތްކުރާ މަސްދޯނިތަކުން ފީއެއް ނުނަގާނެ: އެމްޕީއެލް

ބޭރުގެ ގުޅުންތައް ރަނގަޅުވުމުން ފައިދާ ކުރާނީ ރައްޔިތުންނަށް: މަތީން

Snapedit 1754141248866

ޓިކްޓޮކް ސަމާއަށް އަނިޔާކުރުމަށްފަހު އޭނާގެ ފިރިމީހާ ފިލައިފި

ELL Mobile Advertisement TTH_advertisement