ކުއްލި ޚަބަރު

އަމާޒަކީ އާބާދީގެ ނިސްބަތުން ހާފިޒުން އެންމެ ގިނަ އިސްލާމީ ގައުމަށް ރާއްޖެ ހެދުން: ޝަހީމް

ލޫޓުވައިފި މުޒާހަރާއާ ގުޅިގެން މެންބަރު މައުރޫފާއި އިތުރު ބައެއް މީހުންގެ މައްޗަށް ދައުވާކޮށްފި

ޚިޔާލު ހޯދުމުގެ ވޯޓާއި ދައުރު ދަންމާލުމާ ގުޅުމެއް ނެތް: ފަލާހު

މާޖިދުގެ ސީޕްލޭން

ސެވަ ބްލޭންކު ރަން ދެލި ރިސޯޓުގައި މަސައްކަތްކުރާ 43 އަހަރުގެ މުހައްމަދު މާޖިދު ތައްޔާރުކުރި ސީޕްލޭނެއްގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވައިރަލްވެއްޖެ. މިހާރު 200 އަށްވުރެ ގިނަ މީހުން ލައިކުދީފައިވާއިރު، ސަތޭކައަށްވުރެ ގިނަ މީހުން އެ ފޮޓޯތައް ޝެއާކޮށްފައިވާތީ، ގިނަބަޔަކު ތިބީ ހައިރާންވެފައެވެ.

ނ. ޅޮހީގެ މާވަޑި އާއިލާއަކަށް ނިސްބަތްވާ މާޖިދަކީ ފަންނީ މަސައްކަތްތަކުގެ ޝައުގު ވާރުތަވެފައިވާ މީހެކެވެ. އޭނާ އަބަދުވެސް ރިސޯޓަށް އަންނަ ގެސްޓުންނަށް އެކި ކަހަލަ އެއްޗެހި ތައްޔާރުކޮށް ވިއްކައެވެ. 11 އަހަރު ވަންދެން އެ ރިސޯޓުގައި މަސައްކަތް ކުރަމުން އައިސް، ކުރިން ވެސް ސީޕްލޭން ފަރުމާކުރުމުގެ ޚިޔާލު އޭނާގެ ހިތުގައި ހުއްޓެވެ. އެ ޚިޔާލު ހަގީގަތަކަށް ހެދުމުގެ ފުރުސަތު އިއްތިފާގުން ލިބުނީ މެނޭޖުމަންޓުން އެ ކަމަށް ފުރުސަތު ދިނުމުންނެވެ.

މާޖިދު ފުރަތަމަ ތައްޔާރުކުރީ ސީޕްލޭނުގެ ކުރެހުމެކެވެ. ކުރެހުމުގެ ހުނަރާއި ލޯންޗާއި ދޯނި ޑިޒައިންކުރުމުގެ ތަޖުރިބާ އޭނާގެ ކިބައިގައި ހުރުމުން، ކަނޑުގައި ބެލެންސްކުރެވޭނެ ގޮތަށް ފައިބާ ގްލާހުން ސީޕްލޭން ފަރުމާކުރުމަށް ނިންމިއެވެ. މޯލްޑު ހަދައި، ފައިބާ ސީޓު އަޅައި، ވަށައިގެން ބެންޑުކޮށް، ބޭރުން މުޅިން މެޓުކޮށްފައި އެތެރެ ހުސްކުރުމަށް ފަހު، ބައިބައި ހަދައިގެން ފެކްޓްރީއެއްގައި ގުޅުވައި މި މަސައްކަތް ނިންމިއެވެ.

ދޮޅު މަހުން ނިންމި މި ސީޕްލޭން އެހާ ފުރިހަމައަށް ހަދާފައިވާތީ، އަސްލު ފްލައިޓަކާ އަޅާކިޔާއިރު ފަރުމާކުރީ ކޯއްޗެއްކަން ވަކިކުރަން ދަތިވާނެއެވެ. އިންޖީނެއް ނެތަސް، ސީބޮބް ބޭނުންކޮށްގެން ސީޕްލޭން ދުއްވައިލެވުނެވެ. މެނޭޖުމަންޓުން އިންޖީނު އެޅުމުގެ ވާހަކަ ދައްކަމުން އަންނައިރު، އެ ގޮތަށް ވެސް ފަރުމާކޮށްފައިވާ ކަމަށް މާޖިދު ބުންޏެވެ.

“އަޅުގަނޑު ވަރަށް އުފާވެފައި މި ހުރީ ދިވެއްސަކަށް މި ފެންވަރުގެ ކަމެއް ކޮށްލެވުނީމަ. ފަޚުރެއްގެ ގޮތުގައި ދެކެން،” މާޖިދު

އޭނާގެ ގަބޫލުގައި، ކޮންފިޑެންސާ ނުލައި މިފަދަ ކަމެއް ކޮށްނުލެވޭނެއެވެ. ގިނަބަޔަކު ތައުރީފު ކުރަމުން އަންނައިރު، އެތައް އަހަރު ދާއިރާގައި މަސައްކަތްކުރަމުން އައިސް ނުލިބުނު ހިތްހަމަޖެހުން އޭނާއަށް ލިބިއްޖެކަމަށް މާޖިދު ބުންޏެވެ.

 

އެހެނިހެން

ބްރޯންޒު އެވޯޑު އުމައިރަށް

ދިވެހި ޑައިވަރު ޝަފްރާޒް ދުނިޔޭގެ ރެކޯޑެއް

ޝިފާން އާއި ސިނާންގެ ހާފިޒްކަމުގެ ތާޖު

އާޠިފް އެންމެ ކުރީސަފުގައި ގުނާލެވޭ ކާމިޔާބު ފުޓްސަލް ކޯޗެއް

TTH_advertisement