ކުއްލި ޚަބަރު

އެމްޓީސީސީއާއި ޔަންމާ ގުޅިގެން ރާއްޖެއަށް ހާއްސަ އާރުއެސްޑަބްލިޔު ސިސްޓަމެއް ތައާރަފުކޮށްފި

ސިވިލް ސާވަންޓުންގެ މުސާރައަށް ގެންނަ ބަދަލުތައް އާންމުކޮށްފި

ކަށި މިޔަރުގެ މަސްވެރިކަން ކުރެވޭގޮތަށް ޤަވާޢިދު ހުއްދަކޮށް ޢާއްމުކޮށްފި

އޮކްސްފޯޑުން ޕީއެޗްޑީ ހާސިލުކުރި ފުރަތަމަ ދިވެއްސަކަށް ވަކީލު ޝައްފާން

މުޅި ދުނިޔެއިންވެސް އެންމެ މަތިން ސަނަދު ހޯދާ ޔުނިވާސިޓީއެއް ކަމަށްވާ އޮކްސްފޯޑް ޔުނިވާސިޓީން ޕީއެޗްޑީ ހާސިލުކުރި އެންމެ ފުރަތަމަ ދިވެއްސަކަށް ޒުވާން ވަކީލު އަހުމަދު ޝައްފާން މުހައްމަދު ހޯއްދަވައިފިއެވެ.

އެކަމާ ގުޅިގެން ވަކީލު ޝައްފާން ފޭސްބުކްގައި މިމަހުގެ 19 ވަނަ ދުވަހު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ޑީފިލް ތީސިސް، “އޮން ދަ ޖަސްޓިފިއެބިލިޓީ އޮފް ކްރިމިނަލް ކޮޕީރައިޓް ޕްރޮވިޝަންސް: އަ (ހާމް) ޕްރިންސިޕަލްޑް އެނަލިސިސް” އެ ނަމުގައި އޮކްސްފޯޑް ޔުނިވަސިޓީގެ ރިސާޗް އާކައިވްގައި މިހާރު ލިބެން ހުންނާނެ ކަމަށް ވަރަށް އުފަލާއެކު ފާހަގަކުރާ ކަމަށެވެ

ޝައްފާނަކީ މިހާރުވެސް ރާއްޖޭގައި ގާނޫނީ ދާއިރާއިން މަސައްކަތްކުރައްވާ ވަކީލެކެވެ. އޭނާ އޮކްސްފޯޑުން ޕީއެޗްޑީ ހާސިލުކުރެއްވީ ކޮޕީ ރައިޓާ ގުޅުންހުރި ޖިނާއީ މާއްދާތަކާ ގުޅޭ ދާއިރާއިންނެވެ. ގްރެޖުއޭޓްވީ އިއްޔެއެވެ. ޝައްފާން ޕީއެޗްޑީ ތީސީސް ނިންމައި ގްރެޖުއޭޓުވިއިރު އުމުރަކީ 30 އަހަރެވެ.

ޝައްފާނަކީ މަޝްހޫރު ވިޔަފާރިވެރިޔާއެއް ކަމަށްވާ މުހައްމަދު ފިރާގު (އިނަމޯލްޑިވްސް ފިރާގު)ގެ ދަރިކަލެކެވެ.

ފިރާގު ފޭސްބުކްގައި އިއްްޔެ ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޝައްފާނުގެ ކާމިޔާބީއާ މެދު ބެލެނިވެރިއެއްގެ ހައިސިއްޔަތުން އޭނާ ވަރަށް އުފާވާ ކަމަށެވެ.

އެ ކާމިޔާބީގެ ފަހަތުގައި ޝައްފާންގެ މަންމައާއި ކިޔަވައިދިން މުދައްރިސުންނާއި އާއިލާގެ މީހުންގެ އިތުރުން ހެޔޮއެދޭ މީހުން ހިމެނޭ ކަމަށް ފިރާގު ވިދާޅުވިއެވެ.

26 ސެޕްޓެނަބަރު 2025: އޮކްސްފޯޑުން ޕީއެޗްޑީ ހާސިލުކުރި ފުރަތަމަ ދިވެއްސަކަށް ވަކީލު ޝައްފާން — ފޮޓޯ/ އަހުމަދު ފިރާގު އެފްބީ

“ދުނިޔޭގެ އެންމެ މަތީ އެއް ޔުނިވަސިޓީން ޑޮކްޓާ އޮފް ފިލޯސަފީ ޑިގްރީ ހާސިލުކުރުމަކީ ވަރަށް ބޮޑު ކާމިޔާބީއެެއް. އެއީ ހަމައެކަނި ޝައްފާނުގެ ކާމިޔާބީއެއް ނޫން. އެކަމުގެ ފަހަތުގައި ޝައްފާނަށް މަގުދައްކައިދޭން ވަރަށް ގިނަ ބަޔަކު އެބަތިބި. އެ ހިސާބަށް ދިއުމަކީ އުނދަގޫ މަގެއް ނަމަވެސް، ޑެޑިކޭޝަން، ކެތްތެރިކަމާއި، ބުރަ މަސައްކަތުން ތިޔަ ވަނީ ހަގީގީ ގާބިލުކަން ސާބިތުކޮށްދީފައި،” ޝައްފާން ބައްޕަ ފިރާގުގެ ޕޯސްޓުގައި ވިދާޅުވިއެވެ.

ފިރާގުގެ މެސެޖުގައި އިތުރަށް ވިދާޅުވީ ދަތި އުނދަގޫ ހާލަތްތަކުގައިވެސް، ނަޒާހަތްތެރިކަމާއި ހިތްވަރުގަދަކަމާއެކު ގައުމަށް ހިދުމަތް ކުރުމަށް ޝައްފާންގެ ތައުލީމާއި ތަޖުރިބާގެ ބޭނުން ހިފުމަށް އެދޭ ކަމަށެވެ.

އެ ކާމިޔާބީއަކީ ހަމައެކަނި ޒާތީ ކާމިޔާބީއެއް ނޫން ކަމަށާއި އެއީީ މުޅި ގައުމަށް ވެސް ނަމޫނާއެއް ކަމަށް ފިރާގު ވިދާޅުވިއެވެ.

އެހެނިހެން

ރަށު ސްކޫލުން – ޓްރީޓޮޕް ހޮސްޕިޓަލުގެ ލެބޯޓްރީ އިންޗާޖަށް: އިމްރާނާ ޢަބްދުލްޢަލީމްގެ ކާމިޔާބީގެ ދަތުރު

TTH_advertisement