ކުއްލި ޚަބަރު

އެޗްއާރްސީއެމްގެ ނައިބަކަށް ޝަފީޤް ޢައްޔަންކުރައްވައިފި

ސީއެސްސީގެ ރައީސަކަށް މުޖްތާޒް، ނާއިބަކަށް ނާސިޙް ޢައްޔަންކުރައްވައިފި

އިސްލާޙުުތަކާއެކު މަޖިލީހުގެ މެޖޯރިޓީން މީޑިއާ ބިލް ފާސްކޮށްފި

ސްކޭމްގެ މައްސަލަތަކާ ގުޅިގެން މާފުށީ ޖަލު ފާސްކޮށް 33 ފޯނު ހޯދައިފި

Mal

މާފުށި ޖަލުގައި ތިބޭ ބައެއް ގައިދީން، ސްކޭމް މައްސަލަތަކުގައި ބައިވެރިވާ ކަމަށް ފާހަގަވުމުން ފުލުހުން ޖަލު ބަލައިފާސްކޮށް 33 ފޯނު ހޯދައިފިއެވެ.

ފުލުހުން ބުނީ އެ މުއައްސަސާއަށް ހުށަހަޅާ ސްކޭމްގެ ބައެއް މައްސަލަތައް ތަހުގީގުކުރާއިރު، އެ މައްސަލަތަކުގައި ގައިދީން ބައިވެރިވާކަން ފާހަގަވެފައިވާ ކަމަށެވެ.

އެހެންވެ، މިދިޔަ ބުރާސްފަތި ދުވަހު އެ ޖަލުގައި ފުލުހުން ވަނީ އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފައެވެ.

އެ އޮޕަރޭޝަނުގައި އެކި ބްރޭންޑުތަކުގެ 33 މޮބައިލް ފޯނުގެ އިތުރުން، އިއަޕޮޑާއި ހެޑްސެޓާއި ފޯނު ޗާޖު ކުރާ ކޭބަލާއި ސިމްކާޑު ފެނުނު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ސްކޭމްގެ މައްސަލަތައް މަދު ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ގުޅިގެން އެފަދަ އިތުރު އޮޕަރޭޝަންތައް ކުރިއަށް ގެންދަން ރާވާފައިވާކަން ފުލުހުން ބުންޏެވެ.

ސްކޭމްގެ މައްސަލަތައް ފެންމަތިވާ މިންވަރު މިފަހުން ވަނީ އިތުރުވެފައެވެ. ޒަމާނަށް އަންނަ ބަދަލުތަކާއެކު އެކި އުކުޅުތައް ބޭނުންކޮށްގެން އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ހޯދައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

އެންމެ މަޤުބޫލު

No posts found.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު