ކުއްލި ޚަބަރު

އެމްޕީއެލް އިން ޖުލައި މަހު 6،320 ޓީއީޔޫސް މުދާ ކްލިއާކޮށްފި

ޒަކާތު ފަންޑްގެ ސްކޮލާޝިޕްތަކަށް 29 މީހަކު ކުރިމަތިލައިފި

އިތުރު 11 ރަށެއްގެ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރަން އާރްޑީސީއާ ހަވާލުކޮށްފި

އެމްޕީއެލް އިން ޖުލައި މަހު 6،320 ޓީއީޔޫސް މުދާ ކްލިއާކޮށްފި

112

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިދިޔަ ޖުލައި މަހުގެ ތެރޭގައި ޖުމްލަ 6،320 ޓީއީޔޫސް މުދާ ކްލިއަކޮށްފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޕީއެލްއިން ބުނިގޮތުގައި، ޖުލައި މަހު ކްލިއަ ކުރެވުނު މުދަލުގެ ތެރޭގައި 20 ފޫޓުގެ 2،380 ކޮންޓެއިނަރާއި، 40 ފޫޓުގެ 1،970 ކޮންޓެއިނަރު ހިމެނެއެވެ.

އަދި މި މުއްދަތުގައި އެމްޕީއެލްގެ ބަނދަރުގެ ޚިދުމަތް ހޯދާފައިވަނީ 20 ކޮންވެންޝަނަލް އުޅަނދާއި 16 ކޮންޓެއިނަރު ބޯޓުންނެވެ.

އަވަހަށް ހަލާކުވާ ޒާތުގެ މުދަލުގެ ތެރެއިން އެންމެ ގިނައިން ކްލިއަ ކުރެވިފައިވަނީ 66،000 ޕެކޭޖުގެ ބިހެވެ. މީގެއިތުރުން، 49،000 ޕެކޭޖުގެ ފިޔާ، 30،000 ޕެކޭޖުގެ ކަރާ، 22،000 ޕެކޭޖުގެ އަލުވި، 17،000 ޕެކޭޖުގެ ޓޮމާޓޯ، 12،000 ޕެކޭޖުގެ އަލަނާސި، 11،000 ޕެކޭޖުގެ ކެބެޖް، 10،000 ޕެކޭޖުގެ ދޮންކެޔޮ، 4،000 ޕެކޭޖުގެ ބަރަބޯ އަދި 3،000 ޕެކޭޖުގެ ފޮނި ކެކުރި ވެސް ވަނީ ޖެނެރަލް ކާގޯގެ ގޮތުގައި ކްލިއަ ކުރެވިފައެވެ.

އެމްޕީއެލްއިން ބުނީ، މި ތަފާސް ހިސާބުތަކުން ދައްކުވައިދެނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް އަސާސީ ބޭނުންތަކުގެ ތަކެތި ފޯރުކޮށްދިނުމުގައި އެމްޕީއެލްގެ ބަނދަރުން އަދާކުރާ އިސް ދައުރާއި، ޚިދުމަތުގެ ފެންވަރު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

ޒަކާތު ފަންޑްގެ ސްކޮލާޝިޕްތަކަށް 29 މީހަކު ކުރިމަތިލައިފި

112

އިތުރު 11 ރަށެއްގެ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރަން އާރްޑީސީއާ ހަވާލުކޮށްފި

112

ނިވްސް އެޖެންސީއެއް ގާއިމްކުރަން ސަރުކާރުން ނިންމައިފި

112

މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފި

ELL Mobile Advertisement TTH_advertisement