ކުއްލި ޚަބަރު

އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ހިއްސާ ބީއެމްއެލްއަށް ވިއްކާލަން ނިންމައިފި

ބްރިޖުން ދަތުރުކުރަނިކޮށް ކަންވާރު އެޅި އަނިޔާވެއްޖެ

މުސާރައާއި އިނާޔަތްތަކާ ގުޅޭ އުސޫލަށް ބަދަލު ގެންނަން އުޅޭ ވާހަކައަކީ ދޮގެއް: އެމްއޭސީއެލް 

އިސްރަށްވެހިންނަށް އަމިއްލަ ނަފްސަށް އަޅާލުމާ ގުޅޭ ވޯކްޝޮޕެއް 

2 7 9e3dbe5e3d

ފުލުހުންގެ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓުގެ ފަރާތުން އިސްރަށްވެހިންނަށް އަމާޒުކޮށްގެން ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފިއެވެ.

މި މަހު 17 ވަނަ ދުވަހު މާލޭގައި ހުންނަ އިސްރައްވެހިންގެ ނާދީގައި ކުރިއަށްގެންދިޔަ އެ ވޯކްޝޮޕަކީ އިސްރަށްވެހިންގެ ނަފުސާނީ ދުޅަހެޔޮކަމާއި އަމިއްލަ ނަފްސަށް އަޅާލުމާ ގުޅޭގޮތުން ކުރިއަށްގެންދިޔަ ވޯކްޝޮޕެކެވެ.

ފުލުހުން ބުނީ އެ ވޯކްޝޮޕްގައި ނަފުސާނީ ދުޅަހެޔޮކަމަކީ ކޮބައިކަމާއި ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ދުޅަހެޔޮ މީހަކަށްވުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.

އަދި އަމިއްލަ ނަފުސަށް އަޅާލުމަށް ކުރެވިދާނެ ކަންތައްތަކާއި އޭގެ މުހިންމުކަމާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށާއި އޭގެ އިތުރުން ވެސް، މައިންޑްފުލްނަސްއާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ވޯކްޝޮޕް ކުރިއަށް ގެންގޮސްފައިވަނީ އެކިކަހަލަ ކުޅިވަރުގެ ހަރަކާތްތަކާ އެކުގައެވެ.

އިސްރައްވެހިންގެ 30 މީހުން ބައިވެރިވި އެ ވޯކްޝޮޕްގައި މައުލޫމާތު ހިއްސާކޮށްފައިވަނީ ވިކްޓިމް ސަޕޯޓް އޮފިސަރުން ކަމުގައިވާ ސުޒާނާ ޝަރީފް އާއި ޔޫހާ ހަސަން ހަލީމާއި އާއިޝަތު ޝަފާއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

398068 6b72faf6 2

އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ހިއްސާ ބީއެމްއެލްއަށް ވިއްކާލަން ނިންމައިފި

112

ދަނޑުވެރިކަމުގެ ވިޔަފާރިތަކަށް ޚާއްސަކޮށް ލޯނުގެ ފުރުސަތު ހުޅުވާލައިފި

112

ފަގީންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ހުޅުވާލައިފި

112

ބްރިޖުން ދަތުރުކުރަނިކޮށް ކަންވާރު އެޅި އަނިޔާވެއްޖެ

TTH_advertisement ELL Mobile Advertisement