ކުއްލި ޚަބަރު

އިންނަފުށި، ފުޅަދޫ ކައުންސިލާ ހަވާލުކުރަނީ 

ސްޕެއިންގައި ކިޔަވާ ދަރިވަރުންނަށް ވިސާ ނެގުމުގައި ލުއިގޮތްތަކެއް ހަމަޖައްސައިފި

ސަރުކާރުން މިހާތަނަށް 503 ޒުވާން ހަތީބުން ތަމްރީނުކޮށްފި

ތަރައްޤީއާއި އިޤްތިޞާދީ ގޮންޖެހުންތަކާ ކުރިމަތިލުމަށް ރާއްޖެއިން ދަނީ މަސައްކަތްކުރަމުން: ނާޡިމް

ދެމެހެއްޓެނިވި ތަރައްޤީއާއި އިޤްތިޞާދީ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ދިވެހިރާއްޖެއިން ދަނީ މަސައްކަތްކުރަމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޡިމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ނައިބު ރައީސް މިފަދައިން ވިދާޅުވެފައިވަނީ، 6 ވަނަ ަނަ ޗައިނާ-ސައުތު އޭޝިއާ ކޯޕަރޭޝަން ފޯރަމްގައި ދިވެހިރާއްޖެ ތަމްސީލުކުރައްވައި ދެއްވި ޚިޠާބުގައެވެ.

“ޖޮއިން ހޭންޑްސް ފޯރ އޯޕަން އެންޑް އިންކްލޫސިވް ޑިވެލޮޕްމަންޓް” ގެ ޝިޢާރުގެ ދަށުން ބޭއްވުނު މި ފޯރަމްގައި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޡިމް ވަނީ ސަރަޙައްދީ ތަރައްޤީއަށްޓަކައި މުހިންމު 5 ނުކުތާއެއް ފާހަގަކުރައްވާފައެވެ. އޭގެތެރޭގައި، ދަތުރުފަތުރާއި މުވާސަލާތުގެ ގުޅުން، ފެހި އިޤްތިޞާދީ ތަރައްޤީ، ބަދަހި އިޤްތިޞާދީ ގުޅުން، އިންސާނީ ވަސީލަތްތައް ތަރައްޤީކުރުން އަދި ރައްޔިތުންގެ ފެންވަރުގައި ގުޅުން ބަދަހިކުރުން ހިމެނެއެވެ.

ކުޑަ ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން، ދެމެހެއްޓެނިވި ތަރައްޤީއާއި އިޤްތިޞާދީ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށްޓަކައި ދިވެހިރާއްޖެއިން މަސައްކަތްކުރަމުންދާކަން ނާޡިމް ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖެއިން ދެކޭގޮތުގައި، ހުޅުވާލެވިފައިވާ، އެންމެހައި ފަރާތްތައް ޝާމިލުވާ، ދެމެހެއްޓެނިވި ތަރައްޤީއެއް ޙާޞިލުކުރުމަށްޓަކައި ޗައިނާއާއި އެހެނިހެން އަވަށްޓެރި ޤައުމުތަކާއެކު މަސައްކަތްކުރުމަކީ މުހިންމުކަމެކެވެ.

ޗައިނާގެ ތަރައްޤީގެ ކާމިޔާބީތައް ފާހަގަކުރައްވަމުން، މަޖިލީހުގެ ނައިބު ރައީސް ނާޡިމް ވިދާޅުވީ، ޗައިނާއިން ގެނެސްފައިވާ އިޤްތިޞާދީ އިޞްލާޙުތަކާއި ޢުމްރާނީ ތަރައްޤީއާއި އީޖާދީ ދާއިރާގެ އިންވެސްޓްމެންޓްތަކަކީ ކޮންމެ ޤައުމަކަށްވެސް އެ ޤައުމެއްގެ ޚާއްޞަ ޙާލަތަށް ފެތޭގޮތަށް ބައްޓަންކުރެވިދާނެ ނަމޫނާއެއްކަމަށެވެ.

އަޙްމަދު ނާޡިމްގެ ޚިޠާބު ނިންމަވައިލައްވަމުން ވިދާޅުވީ ތަރައްޤީއަކީ ހަމައެކަނި ސްޓްރެޓެޖީއެއް ނޫންކަމަށާއި، އެއީ ޤައުމަށްޓަކައި ވެވޭ ވަޢުދެއްކަމަށެވެ. އަދި އެ ވަޢުދާއެކު ކުރިއަށްދާ ކޮންމެ ފިޔަވަޅެއްގައިވެސް އެއްވެސް ފުރުޞަތަކުން އެއްވެސް ފަރާތެއް އިސްތިސްނާނުކުރެވޭނެ ޝާމިލު މަސައްކަތެއްކަން ކަށަވަރުކުރަންޖެހޭ ވަޢުދެއްކަމުގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހިތާދޫ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ބ. މާމަޑުއްވަރީ އެ އަތޮޅު ހިތާދޫ އަށް ހަވާލުކުރަން ނިންމަވައިފި

ފުލުހުންގެ 41 ވަނަ އަސާސީ ތަމްރީނު ކޯސް ފަށައިފި

dr khaleel

ރާއްޖޭގެ ޚާރިޖީ ސިޔާސަތު މުޅި ދުނިޔެ ބަލައިގަންނާނެ: ޙަލީލް

TTH_advertisement ELL Mobile Advertisement