ކުއްލި ޚަބަރު

ފީނަން އުޅުނު މީހެއްގެ ގައިމަތިން ލޯންޗެއް ގޮސް، އަތް ބުރިވެއްޖެ

ޝަމްޢާނަށް ދަޢުވާކުރަން ޕީޖީއަށް

ދުންފަތް ކޮންޓްރޯލްކުރުމަށް ޖެނެރޭޝަނަލް ބޭން ގެނައުމުގެ ބިލު މަޖިލިސްއިން ފާސްކުރައްވައިފި

ސަންލޭންޑު ނަޒީރު އަވަހާރަވެއްޖެ

ސަންލޭންޑު ހޮޓެލްސްގެ އެއް ހިއްސާދާރު، މުޙައްމަދު ނަޒީރު (ސަންލޭންޑު ނަޒީރު) އަވަހާރަވެއްޖެއެވެ.

އޭނާ އަވަހާރަވީ އާލަސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އިނގިރޭސިވިލާތުގައެވެ.

ސ. ހުޅުދުއަށް އުފަން ނަޒީރަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މުހިންމު މަސައްކަތްތަކެއް ކުރެއްވި ނޭފުޅެކެވެ. 1976 ގައި ރާއްޖެއަށް ބެކްޕެކް އަޅައިގެން ޑައިވިންއަށް ފަތުރުވެރިން އަންނަމުންދިއަ ޒަމާނުގައި، އޭނާގެ ޢާއިލީ ޓްރެވަލް އެޖެންސީއެއް “ސަންލޭންޑް” ނަމުގައި ހުޅުވައިގެން ރާއްޖެ މާކެޓްކުރަން ވަނީ ފަށާފައެވެ.

ސަންލޭންޑް ހޮޓެލްސްގެ “ކޮކޯ ކަލެކްޝަން ރިޒޯޓް ބްރޭންޑްސް”ގެ ޑިރެކްޓަރ ނަޒީރަކީ މާކެޓިންގެ ދާއިރާއިންވެސް ތަޖުރިބާކާރު ބޭފުޅެކެވެ. ނަޒީރަކީ އިނގިރޭސި ވިލާތަށް ރާއްޖެ އިން ކަނޑައަޅާފައިވާ ޓްރޭޑް އެމްބެސެޑަރު ވެސް މެއެވެ.

ނަޒީރަކީ ކުރީގެ އިސްލާމިކް މިނިސްޓަރު މަރުހޫމް ޑރ. އަބްދުލް މަޖީދު އަބްދުލްބާރީގެ އެއްބަނޑުއެއްބަފާ ބޭބެއެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

ސެމީގައި ރާއްޖެ އިންޑިޔާ ބައްދަލުކުރާ މެޗް އޮންނާނީ ހުކުރު ދުވަހުގެ ރޭ

ޑީސީޕީ އިސްމާޢީލް ނަވީން، އައިއެފްސީއޭސީސީގެ ސްޓްރެޓެޖީ އެންޑް ޑިވެލޮޕްމަންޓްގެ ކޯޑިނޭޓަރާ ބައްދަލުކުރައްވައިފި

ނޭކުރެންދޫ ކައުންސިލުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި ބައްދަލުކުރައްވައިފި

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗުކަން އަނެއްކާވެސް އާތީއަށް

Mulhiraajje
ELL Mobile Advertisement TTH_Advertisement