ކުއްލި ޚަބަރު

ގެއްލުނު ޝަހުމުﷲ ފެނިއްޖެ، ހުރީ ދިއްފުށީގައި

މާލޭގެ ގެއެއްގެ ޓެރަސްގައި ހުރި ކުނިތަކެއްގައި ރޯވެ ގެއްލުންނުވަނީސް ސިފައިން އަލިފާން ނިއްވާލައިފި

ފްލެޓް އެއްބަސްވުމުގައި ސޮއިކުރި މީހުންގެ އަދަދު ތިންހާހާ އަރާ ހަމަކުރަނީ

އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާކުރައްވަން ހުށަހަޅުއްވައިފި

އުއްތަމަ ފަނޑިޔާރު, މުއުތަސިމް އަދުނާނު މަގާމުން ވަކިވެވަޑައިގަންނަވާން ތައްޔާރުވެވަޑައިގަންނަވާ ކަމުގެ އިޝާރާތެއް ދެއްވާފައި ވަނިކޮށް އެ މަގާމުން ޝަރަފުވެރިކަމާއެކު ވަަކިވެވަޑައިގަތުމަށް ހުށައަޅުއްވައިފި އެވެ.

އުއްތަމަފަނޑިޔާރު އެ ހުށައެޅުއްވުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށައަޅުއްވާފައިވާކަން ޖުޑީޝަރީގެ އޮފިޝަލަކު ވަނީ ޔަގީން ކޮށް ދެއްވާފަ އެވެ. މުއުތަސިމްގެ އެ ހުށައެޅުއްވުމާމެދު ޖޭއެސްސީން ވަރަށް އަވަހަށް ގޮތް ނިންމާނެ އެވެ.

ފަނޑިޔާރުގެ މަގާމުން ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގެންނެވޭނީ އެ ފުރުސަތު ދިނުމަށް ޖޭއެސްސީން ނިންމައިފި ނަމަ އެވެ. މީގެ ކުރީން ބައެއް ފަނޑިޔާރުންނަށް އެ ފުރުސަތު ދީފައެއް ނުވެ އެވެ.

އުއްތަމަ ފަނޑިޔާރު, މުއުތަސިމް އަދުނާނު މަގާމުން ވަކިވެވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް ފެބްރުއަރީ 17 ވަނަ ދުވަހު ވަނީ ދެއްވާފަ އެެވެ. ވަކީލުން ހުވާކުރުމަށް އެ ދުވަހު އޮތް ރަސްމިއްޔާތެއްގައި މުއުތަސިމް ވިދާޅުވީ މިހާރު “ދުވަސް” ވެއްޖެ ކަމަށެވެ.

އަދި މަގާމުގައި ދެން މާގިނަ ދުވަހު ދެމި ނުހުންނަވާނެ ކަމަށް އިޝާރާތަކަށް ފުދޭ ފަދަ މޭރުމަކުން ވިދާޅުވީ އެފަދަ ރަސްމިއްޔާތަކުން މިހާރު ހުންނެވި ހައިސިއްޔަތުން ދެން ފެނިވަޑައިނުގެންފާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Original 1757081927281

ގެއްލުނު ޝަހުމުﷲ ފެނިއްޖެ، ހުރީ ދިއްފުށީގައި

112

މާލޭގެ ގެއެއްގެ ޓެރަސްގައި ހުރި ކުނިތަކެއްގައި ރޯވެ ގެއްލުންނުވަނީސް ސިފައިން އަލިފާން ނިއްވާލައިފި

112

ފްލެޓް އެއްބަސްވުމުގައި ސޮއިކުރި މީހުންގެ އަދަދު ތިންހާހާ އަރާ ހަމަކުރަނީ

11

ކެންދޫ ޒުވާނަކު މާލެއިން ގެއްލިގެން ހޯދަނީ

TTH_advertisement ELL Mobile Advertisement