ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާތްﷲއަށްޓަކައި މި މަންމައަށް އެހީތެރިވެދެއްވާ، މަމްސް އެއިޑުން ކުރާ މަސައްކަތުގައި ބަރަކާތް ލައްވާށި!

24

ގެވެށި އަނިޔާ ތަހައްމަލުކޮށްފައިވާ އެކަނިވެރި މަޔަކަށް ގެއެއް އަޅައިދޭން މަމްސް އެއިޑުން ފައިސާގެ އެހީ ހޯދުމަށް ދީލަތި ފަރާތްތަކުގެ އެހީއަށް އެދިއްޖެއެވެ.

މަމްސްއެއިޑުން ބުނީ މި ފަހަރު އެ ޖަމްއިއްޔާ އިން “ހިޔާވެހި ކެންޕެއިން”ގެ ދަށުން ފަންޑްރައިޒްކުރަން ހުޅުވާލާފައި ވަނީ، އެ ޖަމިއްޔާގެ ކެއާ ލިސްޓުގައި 2023 ވަނަ އަހަރުން ފެށިގެން ރަޖިސްޓާކޮށް، އެކި ކެންޕެއިންތައް މެދުވެރިކޮށް އެހީ ފޯރުކޮށްދީފައިވާ، ފަސް ކުދިންގެ މަޔަކަށް ކަމަށެވެ.

މަމްސް އެއިޑުން ވަނީ އެ މަންމަގެ ދިރިއުޅުމުގެ ހާލަތު، ފުލުހުންނާއި ރަށު ކައުންސިލާއި ކޯޓުގެ އިތުރުން ދެ ފަރާތުގެ އާއިލާއާއި ގާތް މީހުންގެ ފަރާތުން ވެރިފައިކުރުމަށްފަހު ވަރަށް ތަފުސީލުކޮށް ކިޔައިދީފައެވެ.

މަރީ (އަސްލު ނަމެއް ނޫން) ވަރަށް ކުޑައިރު އޭނާގެ މަންމައާއި ބައްޕަ ވަނީ ވަކިވެފައެވެ. މަރީގެ މަންމަ އޭނާ ބެލީ، ހަވާދާއި ކުދި ގުޅައާއި އެއްޗެހި ހަދާ، ކުރެވުނު މަސައްކަތެއް ކޮށްގެން ވަރަށް ހާލުގައެވެ. މަރީ ތައުލީމު ހާސިލުކުރުމަށް ޓަކައި މާލެ އައި ނަމަވެސް، ހާލަތު ހުރި ގޮތުން ކިޔެވުން ހުއްޓާލަން ޖެހުނެވެ.

އޭގެ ފަހުން މަރީގެ މާމައަށް ކެންސަރު ޖެހިގެން، ފަރުވާއަށް އިންޑިއާއަށް ދިޔައިރު އޭނާ ވެސް ދިޔައެވެ. އެ ގައުމުގައި އުޅެނިކޮށް އޭނާއަށް ވުރެ އުމުރުން 10 އަހަރު ދޮށީ މީހަކާ ދިމާވެ، މާމަ ޑޮކްޓަރަށް ދެއްކުމުގެ ހުރިހާ ކަމެއްގައި އެ ފިރިހެން މީހާ އެހީވިއެވެ.

އެއީ ވަރަށް ހެޔޮ މީހެއް ކަމަށް ދެކިގެން، ތިން އަހަރު ފަހުން އެ ދެ މީހުން ކައިވެނިކުރިއެވެ. ނަމަވެސް ފުރަތަމަ ފިރިމީހާގެ ފަރާތުން މަރީއަށް އިންތިހާއަށް ޖިސްމާނީ އަދި ނަފުސާނީ އަނިޔާއާ ކުރިމަތިލާން ޖެހުނެވެ.

މަރީއަށް ކުރި އަނިޔާތަކުގެ ތެރޭގައި، ހޫނު ކާއެއްޗެހި އަޅައިފައި ހުރި ތަށި ތެރެއަށް ބޯ ކޮށްޕާލުމާއި، އެ ދެ މީހުންގެ ކުޑަ ދަރިފުޅު އުރައިގެން ހުއްޓައި ކޮށްޕާލުން ހިމެނެއެވެ. އަދި ދަރިފުޅަށް ކާން ދޭން ހުއްޓައި، ޑަންބެލްއެއް ހޫރައި، މަރީގެ އުރަމަތީގައި ޖެހުމުން، ދާއިމަށް ހުންނަ ފަދަ އަނިޔާތަކެއް އޭނާއަށް ލިބުނެވެ.

އެ އަނިޔާގެ ސަބަބުން އެތައް ދުވަހެއް ވަންދެން މަރީއަށް ރާއްޖެއާއި ރާއްޖޭން ބޭރުން ވެސް ފަރުވާ ހޯދަން ޖެހުނެވެ.

އެއަށްފަހު ވެސް އަނިޔާތައް ނުހުއްޓުނެވެ. އަދި އަނިޔާކުރި އެއް ދުވަހު، މަރީގެ ލޮލުން ލޭ އަންނަ ވަރަށް މޫނު މަތީގައި ހުއްޓުމެއް ނެތި ތަޅައި، ވަރިކޮށްފި ކަމަށް ބުނުމަށް ފަހު ގެއިން ނުކުމެގެން ދިޔައީއެވެ.

“އެ ވަގުތު އަހަންނަށް އިހުސާސް ކުރެވުނީ އޭނަ އެ ދަނީ އަހަންނަށް ހަމަ އެކަނި އަނިޔާ ކޮށްފަ ނޫންކަން، އަދި އަހަރެން ވަރިވެސް ކޮށްފަކަން. ބުނަން ނޭނގޭ އިހުސާސެއް ވެގެން ދިޔަ. ކުޑަ ވަގުތު ކޮޅަކަށް އަޅަމުން ދިޔަ ވޭން ވެސް ހުއްޓުނު ކަހަލަ. ލިބުނީ ހިތްވަރެއް. ދަރިފުޅު އުރައިގެން ނިކުމެގެން ދިޔައީ ޖެހިގެން ހުރި ދައްތަގެ ގެއަށް،” އޭނާ ކިޔައިދިނެވެ.

މަރީއެ ފިރިހެން މީހާގެ ފަރާތުން ވަރިވުމަށް ފަހު، މަރީ ކުޑަ ދަރިފުޅާއެކު ރަށަށް ބަދަލުވިއެވެ. ނަމަވެސް ދަރިފުޅަކީ ނަފުސާނީ ބަލި ހުންނަ ކުއްޖެއް ކަމުން އެ ކުއްޖާއަށް ހަނގާ ކުރުމާ ކުރިމަތިލާން ޖެހުނެވެ. އަދި ކުއްޖާއަށް ކިޔެވުމުގެ ފުރުސަތު ފަހި ކުރުމަށް ޓަކައި މަރީ އަނެއްކާވެސް މާލެ ބަދަލުވިއެވެ.

އޭގެ ފަހުން މަރީ އިތުރު ކައިވެންޏެއް ކުރިއެވެ. އެ ފިރިހެން މީހާގެ ދެ ފިރިހެން ކުދިން ހުންނައިރު، އެ ދެމަފިރިންނަށް އިތުރު ދެ ކުދިން ލިބުނެވެ. ނަމަވެސް ފިރިމީހާއަކީ ޅައިރު ޓީބީ ޖެހި، އޭރު އެއަށް ރަނގަޅަށް ފަރުވާ ނުކުރެވި ހުރުމެގެ ސަބަބުން ދިގު މުއްދަތަކަށް ފުއްޕާމޭގެ ބައްޔެއް ތަހައްމަލު ކުރާ މީހެކެވެ.

އެ ކުޑަ އާއިލާ ފަހުން ބަދަލުވީ، ފިރިމީހާގެ ރަށުގައި ހުންނަ، އޭނާގެ މަންމަގެ ވަރަށް ދުވަސްވީ ގެޔަށެވެ.

ވާރޭ ވެހޭ ރެއެއްނަމަ، އެ ގެއަށް ފެން ފައިބާތީވެ ނުނިދައި ތިބެން ޖެހެއެވެ. ބޮޑަށްތިބޭ ދެ ފިރިހެންދަރީން ނިދާތަނުގައި ވައި ދައުރުނުވާތީ، ހޫނު އާތްވެއް ހުރެއެވެ. އަދި ބައެއް ރޭރޭ ތިން ހަތަރު ފަހަރު ފެންވަރަން ޖެހޭއިރު، އެތައް ރެއަކު ހޫނުކަމުން ނުނިދިގެން އެ ކުދީން ރޯކަން މަމްސް އެއިޑުން ބުންޏެވެ.

މަމްސް އެއިޑުން ވަނީ އެ މަންމައަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ކުޑަ ދެކުދީންނަށް ގާތުން ނުދެވޭ ކަމަށާއި އެކަމުގެ ސަބަބުން ކުޑަ ދެކުދީންނަށް ފޯމިއުލާ ދޭންޖެހޭކަން ފާހަގަކޮށްފައެވެ. ނަމަވެސް އަތްމަތި ދަތިވެ ޒަރޫރީ ތަކެތި ގަނެވޭނެ ގޮތް ނުވުމުން ފިހާރަތަކުގެ ފޮތުގައި ޖަހައި އެއްޗެހި ނަގާކަން އެ ޖަމިއްޔާއިން ވަނީ ފާޙަގަކޮށްފައެވެ.

އެ ޖަމިއްޔާއިން ވަނީ، އެ މަންމަގެ ދޮށީ ދަރިފުޅަކީ ހަފުތާއެކު އެއް ފަހަރު ތެރަޕީ ނަގަން ޖެހޭ ކުއްޖެއްކަމަށާއި ނަމަވެސް ރަށުން އެކަން ނުކުރެވޭތީ އެންމެ ކައިރިން ހޮސްޕިޓަލް އިންނަ ރަށަށް ޓެސްޓް ހަދަން ދާން ޖެހޭކަން ފާހަގަކޮށްފައެވެ. އަދި ގަވާއިދުން ދަރިފުޅު ހަދަން ޖެހޭ އެސެސްމެންޓްތައް ވެސް އަތްމަތި ދަތިވެ މާލެއަށް ދެވޭނެ ގޮތެއް ނެތުމުން ނުހެދިފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

“އެ މަންމަގެ ދިރިއުޅުމުގެ ހާލަތު މިފަދަގޮތަކަށް ހުރި ނަމަވެސް ހިތްވަރަކަށް ބަދަލެއް ނާންނަކަމަށާއި ކުރީގެ ކައިވެނިން ލިބުނު އަނިޔާތަކާއެކުވެސް ފަސް ދަރީން ގޮވައިގެން، ލިބޭ މިންވަރަށް ފުއްދާލައިގެން އުޅެނީ އަދި މި ނޫން ގޮތެއް ފެންނާނެ ކަމުގެ އުއްމީދުގައި.” މަމްސްއެއިޑުން ބުންޏެވެ.

އެ ޖަމިއްޔާއިން ވަނީ ދަނޑިންނާއި ފަނުން ހަދާފައި ހުންނަ ކުޑަކުޑަ ބަދިގެއާއި ގިފިލި ބޭނުންކޮށްގެން މިޒަމާނުގައި އުޅުމަކީ އެހާފަސޭހަކަމެއް ނޫންކަން ފާހަގަކޮށްފައެވެ. އަދި އެ މަންމަގެ އުންމީދަކީ އޭނާގެ ދެލޮލުގެ ނޫރުކަމުގައިވާ އޭނާގެ ފަސް ފިރިހެން ކުދިން ގޮވައިގެން ހަމަޖެހިލައިގެން ދިރިއުޅެވޭވަރުގެ ތަނެއް ހެދޭނެގޮތެއް ވުން ކަމަށް ބުނެފައެވެ.

އެ ޖަމިއްޔާއިން ވަނީ ފައިސާގެ އެހީ ފޮނުވުމަށް ޖަމިއްޔާގެ ރުފިޔާ އެކައުންޓާއި ޑޮލަރު އެކައުންޓް ހިއްސާކޮށްފައެވެ. އަދި އިތުރު މައުލޫމާތު ހޯއްދުމަށް އެ ޖަމިއްޔާގެ ނަންބަރު 7349392، 7349393، 7349394 އަށް ގުޅުއްވާ މައުލޫމާތު ސާފުކުރުމަށް އެދިފައެވެ.

މަމްސް އެއިޑުން މި އަހަރުވެސް ވަނީ، ހާލުގައި ދިރިއުޅުނު އެކަނިވެރި މަންމައަކާއި ތިން ކުދީންނަށް އެންމެ ޒަމާނީ ބޮޑު ގެއެއް ހަދިޔާކޮށްފައެވެ.

ޚަބަރުރިޕޯޓުއީވަގުތުކުޅިވަރުދުނިޔެވިޔަފާރިވަގުތު އިމޭޖަސް މިއަދު34ވަގުތު ލައިވް އީރާން އާއި ލުބުނާނުގެ ހަމަލާތަކުގައި ޒަހަމްވާ ޔަހޫދީންގެ އަދަދު ގިނަވަނީ! – 1 ގަޑިއިރު ކުރިން މިޝްކާގެ ލޮލުގެ ފެނުން ރަނގަޅު ކުރުމަށް އެދެނީ ދީލަތި އެހީ އަކަށް! 3 މަސް ކުރިން ( ނޮވެމްބަރ 29, 2025 ) 2| މަރިޔަމް ސަމާ  ސ. ހިތަދޫ، އަޖާއިބުގެ އުމުރުން 9 އަަހަރުގެ މަރިޔަމް މިޝްކާ މުހައްމަދު މިސްބާހު އަކީ ލޮލުގެ ފެނުމުގައި ދަތިކަމެއް ތަހައްމަލު ކުރަމުގެ އިތުރުން އޭޑީއެޗްޑީ އާއި ވިސްނުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެކެވެ.

މިޝްކާގެ މަންްމަ އައިމިނަތު ނިޒާމާ “ވަގުތު” އަށް ކިޔާދިން ގޮތުގައި މިޝްކާ ގޮވައިގެން އިންޑިއާ އަށް ފުރުމަށް ހަމަޖެހިފައި ވަނީ ޑިސެންބަރު 13 ވަނަ ދުވަހު ކަމަށެވެ. އާސަންދަ އާއި ހުރިހާ ކަމެއް ހަމަ ޖެހިފައި ވީ ނަމަވެސް މާލީ ހާލަތުގެ ގޮތުން އިންޑިއާގައި ކެއުމާއި އެހެނިހެން ކަންކަމަށް ހަރަދުތަކެއް ހިނގާނެތީ އާންމުންގެ ދީލަތި އެހީ އަކަށް ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

“އާސަންދަ ލިބި ޓިކެޓްވެސް ހުރިހާ ކަމެއް ނިމިފަ އިނީ މިހާރު. އެކަމަކު މާލީ ހާލަތު ހުރިގޮތުން އެހީ އަކަށް އެދެން ބޭނުން ވަނީ. އިރުތު އެހީތެރިއެއް ގޮވައިގެން ދާން ޖެހޭނީ. މަޑުކުރަން ޖެހޭނީ ކިހާ ދުވަހަކު ކަމެއްވެސް ނޭނގެ.” މިޝްކާގެ މަންމަ ބުންޏެވެ.

ނިޒާމާ ބުނި ގޮތުގައި ކުއްލިއަކަށް ފުރައިގެން ދާން ޖެހުމުން މާލީ ހާލަތު ދަށްވެފައި ވުމުންް ވަރަށް ބޮޑަށް އަތްމަތި ދަތިވެފައިވާ ކަމަށެވެ.

“އަޅުގަނޑުމެން ގޮއްސަ ތިބޭ ތަނަށާއި، ކެއުމާއި ދަތުރުފަތުރަށާ މިހުރިހާ ކަމަކަށް ވަރަށް ބޮޑު ހަރަދެއް ހިނގާނެ. ސީދާ އެހެންގޮއްސަ ކިހާ ދުވަހެއް ކަމެއް މަޑު ކުރަން ޖެހޭނީ އެހެން ދަންނަވާކަށް ނޭނގެ. ފުރަތަމަ ގޮއްސަ ޑޮކްޓަރަށް ދައްކައިގެން އިނގޭނީ ސާޖަރީ ކުރަނީ ކޮންދުވަހަކު ކަމެއް. މަޑުކުރަން ޖެހޭނީ ކިހާ ދުވަހެއް ކަން އިނގޭނީ އެކޮޅަށް ދިޔައީމަ” ނިޒާމާ ކިޔާދިނެވެ.

ކުޑަކުޑަ މިޝްކާގެ މުސްތަގްބަލަށްޓަކާ ހެޔޮދުއާ އާއި ބޭސްފަރުވާއަށް ބޭނުންވާ އެހީތެރިކަން ދިނުމުގައި ފަސްނުޖެހެމާތޯއެވެ.

މިޝްކާއަށް އެހީވުމަށް:

ގުޅޭނެ ނަމްބަރު: 7677008 (އައިމިނަތު ނިޒާމާ)

އެކައުންޓް ނަމްބަރު: ބީއެމްއެލް ދިވެހި (7702471617101) އައިމިނަތު ނިޒާމާ

އެކައުންޓް ނަމްބަރު: ބީއެމްއެލް ޑޮލަރު (7730000411273) އައިމިނަތު ނިޒާމާ

މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:

މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: “އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ.”

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ.”

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: “އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ.”

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: “ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ.”

އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން!

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު